ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން މީހަކު ފިހިއްޖެ
ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން މީހަކު ފިހިއްޖެ

މާލޭ އެދުރުހިޔާގެ އެޕާޓްމެންޓެއްގައި ގޭސް ލީކުވެ، 20 އަހަރުގެ ޒުވާނަކު ރޭ ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތަނުގެ އެޕާޓްމަންޓެއްގައި ގޭސް ލީކްވެފައި ހުއްޓައި އުނދުން ޖެއްސުމުން 20 އަހަރުގެ އަންހެނު ފިހިގެން 11 ޖަހާކަށްހާއިރު ރިޕޯޓުކުރި ކަމަށެވެ.

އެއާއެކު، އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ އެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ އަތާއި ފައި އަދި ގައިގެ 18 ޕަސެންޓް ފިހުނެވެ.

ގޭސް ލީކްވެފައި ހުއްޓައި އުނދުން ރޯ ކޮށްގެން މީގެ ކުރިން ވެސް އެކި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެސް ވެ އެވެ.