01 ފެބުރުއަރީ 2017 - 12:49

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް އަދި އެ މަގާމުގައި ކުރިން ހުންނެވި އަބްދުއް ރަޝީދު ނާފިޒު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ނާފިޒު މަސައްކަތް ކުރައްވާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ލޭބާ އޮތޯރިޓީގެ އިސްވެރިއެއްގެ ގޮތުގަ އެވެ.
މަހުދީ އަކީ ކުރިން ވެސް އެމްޕީއެލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްވެރިއެކެެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް މަހުދީ ބަދަލުކުރެއްވިއިރު، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ އަހަރު ފޮނުވައިފަ އެވެ.