އެޑިއުކޭޝަނަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރަނީ
އެޑިއުކޭޝަނަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރަނީ

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، ރާއްޖެއަށް އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފުކުރަން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެޑިއުކޭޝަނަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރަނީ
އެޑިއުކޭޝަނަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރަނީ

ރައީސް ހުވަދުއަށް ކުރައްވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު ގދ. ވާދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މަތީ ތައުލީމަކީ އަންނަ ދައުރުގައި އެންމެ އިސްކަންދެއްވާނެ އެއް ދާއިރާ ކަމަށެވެ. އަދި އެ ދާއިރާ ކުރިއަރުވަން އެމްޑީޕީގެ މެނިފެސްޓޯގައި މިފަހަރު ވަރަށް ގިނަ ކަންކަން ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެޑިއުކޭޝަނަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރަނީ
އެޑިއުކޭޝަނަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރަނީ

"މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ކޯސްތަކާއި ސްކޮލަޝިޕްތައް ހުރިހާ ޒުވާނުންނަށް ފަހިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެއައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ވެސް ތައާރަފު ކުރާނެ."

މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތަކީ އެޑިއުކޭޝަނަލް ޓުއަރިޒަމަށް ފަހިވާ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތަކަށް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

- ކޮންމެ ރަށެއްގައި ހިއުމަން ރިސޯސް ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ތައުލީމީ ޕްރޮގްރާމްތައް ހިންގުން.

- ތައުލީމާއި ތަމްރީނުގެ ދާއިރާއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށް ހެދުން.

- އިންސްޓިޓިއުޝަނަލް އޮޑިޓް ރިޕޯޓު އާއްމުކޮށް، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތައް ރޭންކުކުރާނެ.

- ޓޫރިޒަމް ސިނާއަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތައުލީމު ފޯރުކޮށްދިނުން.

- ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމްކުރުން.

- ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ.

- ރާއްޖޭގައި މެޑިކަލް ސްކޫލް ފުޅާކޮށް، ސްޕެޝަލިސްޓް ދާއިރާތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނުކުރުން.

- ރާއްޖެއަކީ އޯޝަން-ބޭސްޑް ސައިންސްގެ ދާއިރާއިން ދިރާސާކުރުމަށް މަގުބޫލު ގައުމަކަށް ހެދުން.

ރައީސް ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ވެސް ގދ. ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. އަދި ގއ. ގެ ބައެެއް ރަށްތަކަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.