07 އޯގަސްޓް 2023 - 09:44

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިފުޅު، އަހުމަދު ފުއާދު ނިއާވެއްޖެ އެވެ.
އަހުމަދު ފުއާދު، 47، ނިއާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި މިއަދު ހެނދުނު އެވެ.
އަހުމަދު ފުއާދަކީ ކުރީގެ މިއުޒީޝަނެކެވެ. އޭނާ އަކީ މޮޅު ގިޓަރިސްޓެއް ވެސް މެ އެވެ. އަދި އޭނާ އަކީ ރިސޯޓް މިއުޒިކްގައި ވެސް ވަރަށް ގިނަ ދުވަސް ހޭދަކުރި ފަންނާނެކެވެ.
އަހުމަދު ފުއާދަކީ ބައިނަލްއަގުވާމީ ސެޓިފައިޑް ޗެސް ކުޅުންތެރިއެކެވެ. އޭނާ އަންނަނީ ސްކޫލު ކުދިންނަށް ވެސް ޗެސް ކޯޗުކޮށްދެމުންނެވެ.
އަހުމަދު ފުއާދު ނިއާވީ ކާޑިއެކް އެރެސްޓެއްގަ އެވެ. އެކަމަކު، ފުރަމޭގެ ބައްޔެއްގައި އޭނާ ފަރުވާ ހޯދަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އަހުމަދު ފުއާދަކީ ފުއާދުގެ ހަތަރު ބޭފުޅުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ދޮށީ ބޭފުޅާ އެވެ.