އިއްލެގެ "ނީނާ" އޮލިމްޕަހުގައި ދައްކަން ފަށައިފި
އިއްލެގެ "ނީނާ" އޮލިމްޕަހުގައި ދައްކަން ފަށައިފި

ދިވެހި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފީޗާ ފިލްމު "ނީނާ" އޮލިމްޕަހުގައި ދައްކަން ރޭގައި ފަށައިފި އެވެ.

އިއްލެގެ "ނީނާ" އޮލިމްޕަހުގައި ދައްކަން ފަށައިފި
އިއްލެގެ "ނީނާ" އޮލިމްޕަހުގައި ދައްކަން ފަށައިފި

އެ ފިލްމުގެ ޕްރިމިއާއަށް ރޭ އޮލިމްޕަހުގައި ރެޑްކާޕެޓް އިވެންޓެއް ބޭއްވި އެވެ. އެ އިވެންޓުގައި ފިލްމުގެ ކާސްޓާއި ކްރޫ ވެސް ބައިވެރިވި އެވެ.

އިއްލެގެ "ނީނާ" އޮލިމްޕަހުގައި ދައްކަން ފަށައިފި
އިއްލެގެ "ނީނާ" އޮލިމްޕަހުގައި ދައްކަން ފަށައިފި

އިއްލެ ބުނީ ބެލުންތެރިންގެ ފަރާތުން ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ފުރަތަމަ ޝޯއަށް ފަހު ރޭ ވަރަށް ޕޮޒިޓިވް ފީޑްބެކްތައް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އޮލިމްޕަހުގައި މި ފިލްމުގެ 30 ޝޯ ދައްކަން ވަނީ ނިންމައިފަ އެވެ.

ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޓައިޓަލް ރޯލު ކުޅުނީ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. ނުޒޫއާ އެކު ފިލްމުގެ ލީޑުން ދެން ފެންނަނީ ރިހި ސްކްރީނަށް އަލަށް ތައާރަފުވާ އެކްޓަރު ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ.

ނުޒޫ ކުރިން ބުނި ގޮތުގައި، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތެވެ. މި ފިލްމުގައި އޭނާ ކުރި މަސައްކަތަށް މުސާރައިގެ ގޮތުގައި 150،000ރ. ވެސް ދީފައިވެ އެވެ.

"ނީނާ" އަކީ ވަރަށް ބޮޑު ބަޖެޓަކުން ހެދި ފިލްމެކެވެ. އިއްލެއްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "އައިފިލްމްސް" އިން ޕްރޮޑިއުސްކުރި މި ފިލްމަށް 600،000ރ. އަށް ވުރެ ބޮޑު އަދަދަކުން ހަރަދުކޮށްފައިވެ އެވެ.

އެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ފިލްމު، 2019 ވަނަ އަހަރު ގެނެސްދިން "ބަވަތި" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންވެ، މި ފިލްމަށް ކުރެވުނު އުއްމީދު ވަރަށް ބޮޑެވެ.