ޑްރަގު ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ދަރިފުޅާ އެކު 67 އަހަރުގެ މަންމަ ވެސް ހައްޔަރުކޮށްފި
ޑްރަގު ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ދަރިފުޅާ އެކު 67 އަހަރުގެ މަންމަ ވެސް ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި އޭގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި އުމުރުން 67 އަހަރުގެ މަންމައަކާއި އޭނާގެ ދަރި ހައްޔަރުކޮށްފި އެވެ.

މި ދެ މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ދިރިއުޅޭ ގޭގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ އޭނާގެ މަންމައާ އެއްވެސް ގުޅުމެއް ނުވާނެ ކަމަށް 44 އަހަރުގެ ފިރިހެން ދަރި ވަނީ ބުނެފަ އެވެ.

ނަމަވެސް ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ހުރި ކޮޓަރި ހުޅުވާފައިވަނީ އަންހެން މީހާގެ އަތުގައި އޮތް ތަޅުދަނޑިއަކުންނެވެ.

އެ ކޮޓަރިއަކީ އެއްޗެހި ދޮވެފައި ހިއްކަން އަޅާ ކޮޓަރިއެއް ކަމަށް އޭނާ ބުނި ނަމަވެސް، އެ ކޮޓަރިން މަސްތުވާތަކެތި ވިއްކުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މަންމަގެ ބަންދަށް 10 ދުވަސް، އަދި ދަރިފުޅުގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

މި ދެ މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑު ނެތް ދެ މީހުންނެވެ.