05 އޯގަސްޓް 2023 - 11:46

ބޮލީވުޑްގެ ތަރި ނުޝްރަތު ބަރޫޗާގެ އާ ފިލްމު "އަކޭލީ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ނުޝްރަތު ލީޑު ރޯލު ކުޅޭ މި ފިލްމުގައި ދައްކާނީ އިރާގުގައި 2014 ވަނަ އަހަރު ހިނގި ދާހިލީ ހަނގުރާމާގައި ތާށިވި، އެ ގައުމަށް މަސައްކަތްކުރަން ގޮސް އުޅުނު އިންޑިއާ އަންހެނަކަށް ދިމާވާ ކަންތައްތަކެވެ.
އެތަނުން ސަލާމަތްވުމަށް އޭނާ އުޅޭ ގޮތް މި ފިލްމުގައި ދައްކާނެ އެވެ.
މިއީ މެދުއިރުމަތީ ގައުމެއްގެ އަންހެނަކަށް ދިމާވި ކަންތައްތަކަކުން އިންސްޕަޔާވެގެން ލިޔެފައިވާ ވާހަކައަކަށް ގެނެސްދޭ ފިލްމެއް ކަމަށް ވެސް މީގެ ޑައިރެކްޓަރު ޕްރާނޭ މެޝްރަމް ބުންޏެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ މި މަހު 18 ގަ އެވެ.