04 އޯގަސްޓް 2023 - 08:45

ރަޖްކުމާރު ރާއޯ އާއި ދަލްގޫރު ސަލްމާން ލީޑު ރޯލު ކުޅޭ އެކްޝަން ކޮމެޑީ "ގަންސް އެންޑް ގުލާބްސް" މި މަހު 18 ގައި ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
އެ ފިލްމުގެ ޓްރެއިލާ ވެސް އިއްޔެ ވަނީ ނެރެފަ އެވެ.
"ގަންސް އެންޑް ގުލާބްސް" އަކީ 90ގެ އަހަރުތަކުގައި އިންޑިއާގެ ރަށްފުށު ހިސާބެއްގައި ހިނގާ ހަމަނުޖެހުންތަކެއް ދައްކާނެ ފިލްމެކެވެ.
ފިލްމުގެ މުހިންމު ރޯލުތަކުން ރަޖްކުމާރު އާއި ދަލްގޫރުއާ އެކު އަދާޝް ގޯރަވް، ޓީޖޭ ބަނޫ، ގުލްޝަން ދެވިއާ އަދި މިފަހުން މަރުވި އެކްޓަރު ޝަތީޝް ކައުޝިކް ވެސް ފެންނާނެ އެވެ.
ރާޖް އެންޑް ޑީޖޭ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ހަމަ އެ ދެމީހުންނެވެ.
އެ ދެމީހުންގެ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ހޮރޯ ކޮމެޑީ ފިލްމު "އިސްތުރީ" އާއި އެމެޒަން ޕްރައިމް ވީޑިއޯގެ ކާމިޔާބު ސީރީޒްތައް ކަމަށްވާ، ޝާހިދު ކަޕޫރު ލީޑު ރޯލު ކުޅުނު "ފަރުޒީ" އަދި "ދަ ފެމެލީ މޭން" ވެސް ހިމެނެ އެވެ.