ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ޓްރީ ޓޮޕްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން
ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ޓްރީ ޓޮޕްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން

ދަރިވަރުން ދިރާސާ އާ އަހަރަށް ތައްޔާރުވަމުން ދާއިރު ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެ ހޮސްޕިޓަލްގެ "ވެލް ޗައިލްޑް" ޕެކޭޖުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ބެކް ޓު ސްކޫލް"ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ޑިސްކައުންޓު ދޭ "ވެލް ޗައިލްޑް" ޕެކޭޖަކީ ކުޑަކުދިންގެ ސިއްހީ ހާލަތު ދެނެގަތުމަށް އެކި ޓެސްޓުތަކާއި އެސެސްމަންޓުތައް ހިމެނޭ ޕެކޭޖެކެވެ. މި ޕެކޭޖުގައި ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކުމާ އެކު އެސެސްމަންޓް ހެއްދުމާއި ފިޒިކަލް އެގްޒެމިނޭޝަނާއި އިސްކޮޅު، ބަރުދަން، އަދި ބީއެމްއައި ބަލާ ނިއުޓްރިޝަނަލް އެސެސްމަންޓު ހައްދާނެ އެވެ.

މި ޕެކޭޖުގައި ބްލަޑް ޕްރެޝަރާއި ފާސްޓިން ގުލްކޯޒް ޓެސްޓާއި ފުލް ބްލަޑް ކައުންޓް، އަޔަން އެންޑް ފެރިޓިން އަދި ވިޓަމިން ޑީ ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓު ހިމެނެ އެވެ. އަދި ޔޫރިން އެނަލިސިސް، ޓޯޓަލް ކޮލެސްޓްރޯލް އެޗްޑީއެލް އަދި ޓްރައިގްލިސެރައިޑްސް ބެލުމަށް ހަދާ ޓެސްޓާއި ލިވާ ފަންކްޝަން އަދި ރެނަލް ފަންކްޝަން ބެލުމަށް ހަދާ ޓެސްޓު ވެސް ހިމެނެ އެވެ. އޭގެ އިތުރުން ޑެންޓިސްޓް ސްކްރީނިން އާއި ޓެސްޓުތައް ޑޮކްޓަރާއި އެކު ރިވިއުކުރުމުގެ އެޕޮއިންޓްމަންޓު ވެސް ހިމެނެ އެވެ.

ޓްރީ ޓޮޕްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނުގައި "ވެލް ޗައިލްޑް" ޕެކޭޖުން ޑިސްކައުންޓު ދިނުމަށް ނިންމާފައި ވަނީ އެކި އުމުރުތަކަށް ބަހާލައިގެންނެވެ.

- ހަ އަހަރުން ދަށުގެ ކުދިންނަށް "ވެލް ޗައިލްޑް" ޕެކޭޖުން ފަސް ޕަސެންޓު ޑިސްކައުންޓު

- ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް "ވެލް ޗައިލްޑް" ޕެކޭޖުން 15 ޕަސެންޓު ޑިސްކައުންޓު

- 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް "ވެލް ޗައިލްޑް" ޕެކޭޖުން 15 ޕަސެންޓު ޑިސްކައުންޓު

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.