މުއިއްޒަށް އިންޒާރު ދިނީ ލީޑަޝިޕް ބައިބައިކުރަން: ޕީޕީއެމް
މުއިއްޒަށް އިންޒާރު ދިނީ ލީޑަޝިޕް ބައިބައިކުރަން: ޕީޕީއެމް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިނީ އެ ޕާޓީގެ ލީޑަޝިޕް ބައިބައިކުރަން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ނިންމަވާފައި ނިންމެވުން ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ބަދަލުކުރައްވަން އުޅުއްވާ ކަމަށް ބުނެ މަރުގެ އިންޒާރުދީފަ އެވެ. އެ މައްސަލަ މުއިއްޒު ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.

މުއިއްޒަށް މަރުގެ އިންޒާރު ދިނުން ކުށްވެރިކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ އެ ކޯލިޝަންގެ ލީޑާޝިޕާއި ސެނެޓް ވެސް މަސައްކަތް ކުރާނީ ބިރުދެއްކުމާއި އިންޒާރުތަކަށް ބެލުމެއް ނެތި، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޔާމީންގެ ދިފާއުގައި ކަމަށެވެ.

"މިފަދަ [އިންޒާރުދިނުން ފަދަ] ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި އަމަލުތަކުން، މި ކޯލިޝަންގެ ލީޑަޝިޕް ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން އެކުރާ ބަޔަކަށް ކުރެވޭ ކުށްހީއެކެވެ،" ބަޔާނުގައި ވެ އެވެ.

ރާއްޖެ އިން ބޭރުގެ ނަމްބަރަކުން މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ރޭ ކުރެއްވި މެސެޖުގައި ބުނެފައި އޮތީ، ޔާމީންގެ ނިންމުން ބަދަލުކުރަން މުއިއްޒު އެއްވެސް ވަރަކަށް ވިސްނަވައިގެން ނުވާނެ ކަމަށެވެ.

ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށާއި ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ވެސް ޑރ. ޖަމީލް ކަމަށެވެ. އަދި އެ ޕާޓީގެ ޕްލޭން ބީ އާއި އާއި އަދި ސީ އަކަށް ވެސް ވާނީ މެސެޖުގައި ބުނެފައިވާ ގޮތުން ޔާމީންގެ ނިންމެވުމެއް ކަމަށް ވެސް އެ މެސެޖުގައިވެ އެވެ.