ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި
ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި

ތުލުސްދޫގައި މިއަދު ފެށި ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރާތް ކަމަށްވާ "ރަންދާ ރާޅުގަނޑު" ގެ އޯޕަން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ހީޓްގައި އުމުރުން 14 އަހަރުގެ ކަޔާން އަބްދުﷲ އަރީފް، އޭނާގެ ބައްޕަ އަބްދުﷲ އަރީފް (ފުކޫ) ފަހަތަށް ޖައްސާލައި ހީޓްގެ އެއްވަނަ ހޯދައިފި އެވެ.

ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި
ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި

ޖުމްލަ 40 ރާޅާއެޅުންތެރިންނާ އެކު ފެށި މުބާރާތުގައި ކަޔާން އާއި ފުކޫ ވާދަކުރީ ހަތަރުވަނަ ހީޓްގަ އެވެ. ކަޔާޏް ހީޓް ކާމިޔާބު ކުރީ ޖުމްލަ 11.66 ޕޮއިންޓް ހޯދައިގެންނެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 5.33 އަކާއި 6.33 ޕޮއިންޓް ހޯދައިފަ އެވެ. ފުކޫގެ ޖުމްލަ އަކީ 7.90 ޕޮއިންޓެވެ. އެއީ 3.83 އަކާއި 4.07 ގެ ޖުމްލަ އެވެ. މި ހީޓްގައި ދެން ވާދަކުރި މުހައްމަދު ޝަރުވާން އަށް ލިބުނީ ޖުމްލަ 1.23 އެވެ.

ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި
ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި

ހީޓްގެ އެއްވަނަ އަދި ދެވަނަ އާއެކު ދެ ބަފައިން ވެސް ވަނީ މުބާރާތުގެ ތިންވަނަ ބުރުން ސީދާ ޖާގައެއް ހޯދައިފަ އެވެ.

ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި
ބައްޕައާ އެއް ހީޓެއްގައި ވާދަކޮށް ދަރިފުޅު ކުރި ހޯދައިފި

ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސްގެ މަގާމް ވެސް ފުރުއްވަމުން ގެންދަވާ ފުކޫ އަކީ ރާޅާއެޅުމުން ކުރިން ގައުމީ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ފަރާތެކެވެ. ފުކޫ ވަނީ 2005 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބު ކޮށްފަ އެވެ.

ފުކޫ އާއި ކަޔާން ވަނީ މި މަހު ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން ވާދަ ކޮށްފަ އެވެ.

މިދިޔަ މަހު ކ. ހިންމަފުށީގައި އޮތް ގާމާދޫކޮޅު މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ ކަޔާން އެވެ. މިއީ އޭނާ މުބާރާތަކުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިއާ އެކު ލީގުގެ ޖޫނިއާ ރޭންކިންގެ އެއްވަނައިގައި ވެސް އޮތީ ކަޔާން އެވެ.

އެމްއެސްއޭ އިން އަންނަނީ ޖޫނިއާ ގައުމީ ޓީމުގައި ހިމެނޭ 16 އަހަރުން ދަށުގެ ރާޅާއެޅުންތެރިންނަށް އޯޕަން ޑިވިޝަނުން ޖާގަ ދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ޖޫނިއާ ރާޅާއެޅުންތެރިން އަންނަނީ އޯޕަން ޑިވިޝަނުގައި ތަޖުރިބާކާރު ރާޅާއެޅުންތެރިންނާ ރަނގަޅު ވާދައެއް ކުރަމުންނެވެ.

އެގޮތުން 11 ވަނަ ހީޓުގައި ވާދަކުރި އުމުރުން 15 އަހަރުގެ ސައްޔިދު ސަލާހުއްދީން ވަނީ ޖުމްލަ 9.33 ޕޮއިންޓް ސްކޯ ކޮށްގެން އާދަމް މުއީން އިބްރާހިމް ފަހަތަށް ޖައްސާލައިފަ އެވެ. މުއީން އަށް ލިބުނީ ޖުމްލަ 6.86 ޕޮއިންޓެވެ.

ޔަސީން އަހުމަދު ނާޝިދު، 12، ހީޓް ތިނަކުން އެއްވަނަ ހޯދީ 6.10 ޕޮއިންޓު ހޯދައިގެން އާދަމް ނަސީމް ފަހަތަށް ޖައްސާލައިފަ އެވެ. އާދަމް ނަސީމް އަށް ލިބުނީ 4.17 ޕޮއިންޓެވެ.

އުމުރުން 15 އަހަރުގެ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި 12 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ހީޓް 9 ގައި ވާދަކޮށް ސީދާ ތިންވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އިނާން އަށް މި ހީޓްގައި 9.16 ޕޮއިންޓް ލިބުނުއިރު ކަޔާން ޒަކީ ވަނީ 6.67 ޕޮއިންޓް ހޯދައިފަ އެވެ.

އޯޕަން ޑިވިޝަނުގެ ފުރަތަމަ ބުރުގައި މިއަދު މުޅި އެކު 12 ހީޓެއް ކުރިއަށް ދިޔަ އެވެ. މި ބުރުގައި އެންމެ މަތީ ސްކޯއެއް ހޯދީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން، ތުލުސްދޫގެ އަހުމަދު އާގިލް (އަންމަޑޭ) އެވެ.

ފަހު ހީޓުގައި ވާދަކުރި އަންމަޑޭ ވަނީ ފުރަތަމަ ރާޅަށް 9.67 ޕޮއިންޓް ހޯދައިފަ އެވެ. އަދި ތިންވަނަ ރާޅަށް ހޯދި ފަސް ޕޮއިންޓާ އެކު ޖުމްލަ 14.67 ޕޮއިންޓް ސްކޯ ކުރި އެވެ. ދެވަނަ ލިބުނީ ކުރީގެ ގައުމީ ޗެމްޕިއަންކަން ހޯދި ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ކުޑަ އިއްސެ ވަނީ ޖުމްލަ 8.64 ޕޮއިންޓް ހޯދައިފަ އެވެ.

އަންމަޑޭގެ ބޭބެ ހަސަން ނާސިހު ވަނީ 7.26 ޕޮއިންޓް ހޯދައިގެން އަށްވަނަ ހީޓް ކާމިޔާޞު ކޮށްފަ އެވެ. އެ ހީޓުން ދެވަނަ ހޯދީ 6.44 ޕޮއިންޓް ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ.

މިއަދުގެ ހީޓްތަކުން ދެވަނައަށް އެންމެ މަތީ ސްކޯ އެއް ހެދީ ދެވަނަ ހީޓް ކާމިޔާބު ކުރި އަހުޒަމް އިބްރާހިމް އެވެ. އޭނާ ވަނީ 14.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މި ހީތްގެ ދެވަނަ ހޯދީ 8.83 ޕޮއިންޓް ހޯދި މުހައްމަދު އަތޫފް އެވެ.

ނަޖާހު މުހައްމަދު (ކަބޯ) ވަނީ ހަވަނަ ހީޓުގައި 10.33 ޕޮއިންޓް ހޯދައިގެން ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ހޯދީ 7.40 ޕޮއިންޓް ހޯދި އިބްރާހިމް ލަތީފް އެވެ. ޖެހިގެން އައި ހީޓުގެ އެއްވަނަ ހޯދީ 10.03 ޕޮއިންޓް ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ހީޓްގެ ދެވަނައަށް ދިޔައީ ހޖައިލަމް ނިޒާރެވެ. ޖައިލަމް އަށް ލލިބުނީ ޖުމްލަ 8.67 ޕޮއިންޓެވެ.

ފުރަތަމަ ހީޓްގެ އެއްވަނަ ހޯދީ ނުވަ ޕޮއިންޓް ހޯދި މުހައްމަދު ނުސްރަތެވެ. ދެވަނަ ހޯދީ މުހައްމަދު ރިފާސް އަބްދުއްރައްޒާގެވެ. ރިފާސް އަށް ލިބުނީ 2.60 ޕޮއިންޓެވެ.

ހީޓް 10 އިން އެއްވަނަ ހޯދީ ޔަމާން އިބްރާހިމް އެވެ. ޔަމާން މި ހީޓް ކާމިޔާޞު ކުރީ 6.34 ޕޮއިންޓުންނެވެ. ދެވަނައަށް ދިޔަ މުހައްމަދު ފަޔާޒް (ޕެލޭ) ވަނީ 4.83 ޕޮއިންޓް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަން މުހައްމަދު އިރުޝާދު (ބިއްލޫ) ވަނީ 12.67 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ. މި ހީޓްގެ ދެވަނައަށް ދިޔައީ 11.90 ޕޮއިންޓް ހޯދި އައިހަމް އަދުނާން އެވެ.

ފުރަތަމަ ބުރުގެ ހީޓްތަކުން ގަދަ ދޭއްގައި ނުހިމެނޭ ރާޅާއެޅުންތެރިންނަށް ތިންވަނަ ބުރުން ޖާގަ ލިބޭނީ، ދެވަނަ ބުރުގައި ކޮންމެ ހީޓަކުން ވެސް އެންމެ ނަތީޖާ ރަނގަޅު ދެ ރާޅާއެޅުންތެރިންނަށެވެ.