ޕެރޭޑަށް ބައެއް މަގުތައް ބަންދުކުރުމުން މަޖީދީ މަގުގައި ގުޑާނުލެވޭ ވަރަށް ތޮއްޖެހިއްޖެ

މިނިވަން ދުވަހުގެ ޕެރޭޑަށް މާލޭގެ ބޮޑެތި ބައެއް މަގުތައް މިއަދު ބަންދުކުރުމުން މަޖީދީ މަގުގެ ޓްރެފިކް ސްޓަކްވެއްޖެ އެވެ.

ޕެރޭޑަށް ބައެއް މަގުތައް ބަންދުކުރުމުން މަޖީދީ މަގުގައި ގުޑާނުލެވޭ ވަރަށް ތޮއްޖެހިއްޖެ
ޕެރޭޑަށް ބައެއް މަގުތައް ބަންދުކުރުމުން މަޖީދީ މަގުގައި ގުޑާނުލެވޭ ވަރަށް ތޮއްޖެހިއްޖެ

ފުލުހުން އިއްޔެ ކުރި އިއުލާނުގައި ބުނީ، ސިފައިންގެ ޕެރޭޑަށް މެންދުރު ފަހު 3:00 އިން 6:00 ޖަހަންދެން ބޮޑު ފަސް މަގެއް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. އެއާއެކު، މަޖީދީ މަގުގެ ޓްރެފިކް ވަނީ ސްޓަކްވެފަ އެވެ.

ޕެރޭޑަށް ބައެއް މަގުތައް ބަންދުކުރުމުން މަޖީދީ މަގުގައި ގުޑާނުލެވޭ ވަރަށް ތޮއްޖެހިއްޖެ
ޕެރޭޑަށް ބައެއް މަގުތައް ބަންދުކުރުމުން މަޖީދީ މަގުގައި ގުޑާނުލެވޭ ވަރަށް ތޮއްޖެހިއްޖެ

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން ފުލުހުންނަށް ޓްރެފިކް މެނޭޖް ނުކުރެވި އެތައް އިރެއް ވަންދެން ވެހިކަލްތައް ހުއްޓުނެވެ. ބައެއް ހެވީ ވެހިކަލްތަކާއި ޕިކަޕްތައް މަޖީދީ މަގަށް ޑައިވާޓް ކުރުމަކީ ވެސް ބާރު ބޮޑުވި އެއް ސަބަބެވެ.

މަޖީދީ މަގުގެ ބޮޑު ބައެއްގައި ޓްރެފިކް ތާށި ވެފައިވާއިރު ޕެރޭޑް ބަލަން ވަރަށް ގިނަ ބަޔަކު ނުކުމެ އެ މަގު އޮތީ ވެހިކަލްތަކާއި މީހުންނާ އެކު ފުރިބާރުވެފަ އެވެ.