ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި
ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި

އާބަންކޯ އިން ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވައި ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި
ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި

މިއީ ހުޅުމާލެ 2 ގައި ހުޅުވި ފުރަތަމަ ޕާކެވެ.

ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި
ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި

އެ ޕާކު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު އެތަނުގައި ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި އާބަންކޯގެ އިސްވެރިންނާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާންމުން ވެސް ބައިވެރިވި އެވެ.

ފާކު ހެދީ ހިޔާ ފްލެޓްގެ އެޗް5 އިން އެޗް15އާ ދެމެދުގައި އޮތް ހުސް ބިމުގަ އެވެ.

އެތަނުގައި އިށީނދެގެން ތިބެވޭނެ ތަންތަން ވަނީ ހަދައިފަ އެވެ. އަދި ޕާކުގެ ވަށައިގެން އެކި ބާވަތުގެ ގަސްތައް ވެސް ވަނީ އިންދައިފަ އެވެ.

ހިޔާ ފްލެޓްގެ 16 ޓަވަރުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.