ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި
ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

ސ. ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައިދެއްވައިފި އެވެ.

ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި
ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

ރައީސް އޮފީހުން ބުނީ، ފައިސަލް އެ މަސައްކަތް ފައްޓަވައިދެއްވީ މިއަދު ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި
ހިތަދޫގައި އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ދީނީ ކަންކަމަށް، ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ގުރުއާން މުބާރާތްތަކާއި އިހުޔާ ފޯރަމްތަކާއި ދީނީ ނަސޭހަތްތަކާއި އިމާމުން ތަމްރީނު ކުރުމާ އަދި އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގާ ވަރަށް މިދިޔަ އަހަރުތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހިތަދޫގައި އިސްލާމިކް ސެންޓަރެއް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ އިސްލާމިކް ސެންޓަރުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާއި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމާއި އިދާރީ އޮފީހަކާ އަދި ލައިބްރަރީއެއް ވެސް ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފައިސަލް އައްޑުއަށް ވަޑައިގެންނެވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ސިޓީގެ ރަށްތަކުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.