ވޮޔޭޖަސްގެ ދިގު ދަތުރަށް ދައުލަތުގެ ޝަރަފުވެރިކަން
ވޮޔޭޖަސްގެ ދިގު ދަތުރަށް ދައުލަތުގެ ޝަރަފުވެރިކަން

ޓޫރިޒަމް ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވޮޔޭޖަސް މޯލްޑިވްސް އަށް މިއަދު ލިބިއްޖެ އެވެ.

ވޮޔޭޖަސްގެ ދިގު ދަތުރަށް ދައުލަތުގެ ޝަރަފުވެރިކަން
ވޮޔޭޖަސްގެ ދިގު ދަތުރަށް ދައުލަތުގެ ޝަރަފުވެރިކަން

މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ އިނާމާއި ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އައިމިނަތު ސޮލާހެވެ.

ވޮޔޭޖަސްގެ ދިގު ދަތުރަށް ދައުލަތުގެ ޝަރަފުވެރިކަން
ވޮޔޭޖަސްގެ ދިގު ދަތުރަށް ދައުލަތުގެ ޝަރަފުވެރިކަން

"ވޮޔޭޖާ 1" ނަމަކަށް ކިޔާ ދޯންޏަކުން، ފެބްރުއަރީ 13، 1980 ގައި ޓޫރިޒަމް ދާއިރާ އަށް ދަތުރު ފެށި ވޮޔޭޖަސް މޯލްޑިވްސްގެ އުމުރުން 43 އަހަރު ވަނީ ކަނޑައްތުކޮށްފަ އެވެ. ކުންފުނި އުފެއްދުމަށް ފަހު، ކުންފުނިން ފުރަތަމަ ދިން ހިދުމަތަކީ ދޯނީގައި ޓޫރިސްޓުން ގޮވައިގެން ދަތުރު ދިއުމެވެ.

އެކަމަކު، ވޭތުވެދިޔަ 43 އަހަރުގެ ތެރޭގައި ވޮޔޭޖަސް މޯލްޑިވްސް ވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ނުފޫޒުގަދަ، އަދި އެންމެ ބޮޑު ހިދުމަތްތަކެއް މި ދާއިރާ އަށް ކޮށްދިން އެއް ކުންފުންޏަށް ވެފަ އެވެ. ކުންފުނީގެ ވިޔަފާރި ވަނީ އެކި ދިމާތަކަށް ބެހި، ފުޅާ ވެފަ އެވެ. ސަފާރީގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދޭ ކުންފުންޏަކަށް ވެސް އެ ކުންފުނި ވަނީ ބަދަލުވެފަ އެވެ. ބޭރުގެ އެއާލައިންތަކާއި ޓްރެވަލް އޭޖެންސީތައް މެދުވެރިކޮށް ރާއްޖޭގައި ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓިން ހިދުމަތްތައް ވެސް ވޮޔޭޖަސް އިން މިހާރު އަންނަނީ ދެމުންނެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވޮޔޭޖަސް އަކީ ސަފާރީ އުޅަނދުތަކުގައި ޑައިވިން އާއި ކްރޫޒިން ވިޔަފާރީގައި މިހާރު ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ކުންފުންޏެވެ. އެ ކުންފުންޏަކީ އެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރި ފުރަތަމަ ކުންފުނި ވެސް މެ އެވެ.

ހަތަރު ހިއްސާދާރުންނާ އެކު ސޮލާހު ޝިހާބު މި ވިޔަފާރި ފެއްޓެވި އިރު އޭނާ އަކީ މި ވަގުތު އެ ކުންފުނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

އެކުންފުނިން އަންނަނީ 2008 ވަނަ އަހަރުން ސަފާރީ ވިޔަފާރި އަށް ވަނީ 12 ސަފާރީ ބޯޓާ އެކު އެވެ. މިވަގުތު އެކުންފުނިން އަންނަނީ ހަތް ސަފާރީ ބޯޓުން ހިދުމަތް ދެމުންނެވެ.