58 ވަނަ މިނިވަން ދުވަހަށް އުރީދޫން 58 ޖީބީގެ ޑޭޓާ ދެނީ
58 ވަނަ މިނިވަން ދުވަހަށް އުރީދޫން 58 ޖީބީގެ ޑޭޓާ ދެނީ

މިއަދު ފާހަގަކުރަމުންދާ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި "މިނިވަން 58"ގެ ނަމުގައި އުރީދޫން ޑޭޓާ ޕެކެއް ތައާރަފްކޮށްފި އެވެ.

މި ޕެކަކީ 50ރ. އަށް 58 ޖީބީ ޑޭޓާ ލިބޭ ޕެކެކެވެ. މި ޕެކް އުރީދޫގެ ހުރިހާ ކަސްޓަަމަރުންނަށް މިހާރު އެކްޓިވޭޓު ކުރެވޭނެ އެވެ. މި ޑޭޓާ ޕެކް އުރީދޫގެ އެޕް މެދުވެރިކޮށް އަދި D50 ޖެހުމަށް ފަހު 5555 އަށް މެސެޖުކޮށްގެން ވެސް އެކްޓިވޭޓުކުރެވޭނެ އެވެ. އަދި #1*929* އަށް ޑައިލް ކޮށްގެން ވެސް މި ޕެކު އެކްޓިވޭޓުކުރެވޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައާރަފްކުރި ޑޭޓާ ޕެކަކީ ކަސްޓަމަރުންނަށް މި ޗުއްޓީގައި ފަސޭހައިން އިންޓަނެޓު ލިބޭނެ ގޮތް މަގުފަހިކޮށްދިުމަށް ތައާރަފްކުރި ޕެކެއް ކަމަށެވެ.

އުރީދޫގެ މި އޮފާ އަންނަ މަހުގެ 31ގެ ނިޔަލަށް ލިބޭނެ އެވެ.