26 ޖުލައި 2023 - 07:18

ބޮލީވުޑްގެ ލެޖެންޑަރީ ތަރިން ކަމަށްވާ، ޒީނަތު އަމަން އާއި ޝަބާނާ އަޒްމީ، 41 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ޒީނަތު، 71، އާއި ޝަބާނާ، 72، އާ އެކު އެ ފިލްމުގައި އަބޭ ޑިއޯލް ވެސް ފެންނާނެ އެވެ.
"ބުން ޓަކި" ކިޔާ އެ ފިލްމަކީ ފަރާޒް އާރިފް އަންސަރީ ޑައިރެކްޓުކުރަނީ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި ނޭނގެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަކީ ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުން ހަދާ ފިލްމެކެވެ. ޒީނަތު ފިލްމަށް ސޮއިކުރީ ވެސް އޭގެން މުހިންމު މެސެޖެއް ދޭތީ އެވެ.
ޒީނަތު އާއި ޝަބާނާ އެކުގައި ދެ ފިލްމެއް ކުޅުނެވެ. އެއީ 1974 ގައި ގެނެސްދިން "އިޝްކް އިޝްކް އިޝްކް" އާއި 1982 ގައި ގެނެސްދިން "އަޝަންތި"ގަ އެވެ.
ޒީނަތު އެންމެފަހުން ފެނުނީ 2019 ގައި ގެނެސްދިން ފިލްމު "ޕާނިޕަތު" އިންނެވެ.
ޝަބާނާ އެންމެފަހުން ކުޅުނީ މިދިޔަ އަހަރު ގެނެސްދިން "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް"ގެ ރޯލަކުންނެވެ. އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހަނީ"ގެ ރޯލެއް ވެސް ޝަބާނާ ކުޅެ އެވެ.