އައިކެއާގެ "ފަހެތިން އެކަތި" ޕްރޮމޯޝަން އަންނަ މަހު ނިމޭނެ
އައިކެއާގެ "ފަހެތިން އެކަތި" ޕްރޮމޯޝަން އަންނަ މަހު ނިމޭނެ

ސްކޫލް ޗުއްޓީއަށް އަމާޒުކޮށް "ފަހެތިން އެކަތި" ނަމުގައި އައި ކެއާގައި މިހާރު ކުރިއަށްދާ ޕްރޮމޯޝަން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަނުގައި ތަފާތު ފަސް އޮފާއެއް ހިމެނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އެ ތަނުން އެއް އޮފާ ލިބޭނެ އެވެ.

"ފަހެތިން އެކަތި" ޕްރޮމޯޝަނުގައި ހިމަނާފައިވާ އޮފާތަކަކީ:

● އަވިއައިނާއި ނަމްބަރު އައިނުގެ ދުނިގަނޑުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް

● ވަކި އަދަދަކަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ދެ ވަނަ ނަމްބަރު އައިނު

● ތިން ނަމްބަރު އައިނު ގަންނަ ކަސްޓަމަރުންނަށް ތިން ވަނަ އައިނުން 50 ޕަސެންޓުގެ ޑިސްކައުންޓު

● ޕްރޮގްރެސިވް ލެންސް ހިޔާރު ކުރާ ކަސްޓަމަރުންނަށް ހިލޭ އައިނު ދުނިގަނޑު

● ނޯވާ ބްރޭންޑުގެ ނަމްބަރު އައިނާއި އަވި އައިނުން 50 ޕަސެންޓުގެ ޑިސްކައުންޓު

މި ޕްރޮމޯޝަން އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި މި ދިޔަ މަހުގެ 24 ވަނަ ދުވަހު ފެށިގެން ދަނީ ކުރިއަށެވެ.

އައިކެއާގެ ފިހާރަތައް މާލޭގެ އިތުރުން ފުވައްމުލަކު އަދި އައްޑޫގައި ހުރެ އެވެ.