ހިތަދޫގެ ގެއެއްގައި ރޯވެ، މީހަކު ފިހިއްޖެ
ހިތަދޫގެ ގެއެއްގައި ރޯވެ، މީހަކު ފިހިއްޖެ

ސ. ހިތަދޫގެ ގެއެއްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ހިތަދޫގެ ގެއެއްގައި ރޯވެ، މީހަކު ފިހިއްޖެ
ހިތަދޫގެ ގެއެއްގައި ރޯވެ، މީހަކު ފިހިއްޖެ

އެމްއެންޑީއެފުން މިއަދު ބުނީ އެ ހާދިސާގައި އަނިޔާވީ އެ ގޭގައި ދިރިއުޅުނު ފިރިހެނަކަށް ކަމަށެވެ. އެ މީހާގެ އަތާއި ފައި ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް ސިފައިން ބުންޏެވެ.

އެ އަލިފާނުގެ ހާދިސާ ހިނގީ، ހިތަދޫ ކުޅިބަލާބޭގޭގަ އެވެ. އެ ހާދިސާގައި ގެ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ގޭތެރޭގައި ހިފައި ގެންގުޅޭ ވަރަށް ގިނަ އެއްޗެހި ވަނީ އަނދައިގެން ގޮސްފަ އެވެ.

ސިފައިން ބުނީ އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔާމަނުން ކުރި މަސައްކަތުން ދޮޅު ގަޑިއިރެއްހާއިރުގެ ތެރޭގައި ކަމަށެވެ.

އެ ގޭގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.