31 ޖެނުއަރީ 2017 - 11:13

ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގައި ބްލީޗް ބޮއިގެން ހާލު ގޯސްވި ހިތަދޫ އަންހެނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެތަނުގެ އޮފިޝަލަކު ވިދާޅުވީ 24 އަހަރުގެ އަންހެން މީހާ އަށް ފަރުވާދެމުން އަންނަނީ ރެއިން ފެށިގެން ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު ގޯސް ނޫން ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އޭނާ ބެއްލެވި ޑޮކްޓަރުގެ ވިސްނުމެއް އެބަ ހުރި ފަރުވާ އަށް އަދި މާލެ ފޮނުވާލަން ވެސް،" އޮފިޝަލް ވިދާޅުވި އެވެ.