"ބަޗުޕަން ކަ ޕިޔާރު"ގައި ރާޖުކުމާރު އާއި ވާނީ
"ބަޗުޕަން ކަ ޕިޔާރު"ގައި ރާޖުކުމާރު އާއި ވާނީ

ލޯބީގެ ވާހަކައަކަށް ގެނެސްދޭ ބޮލީވުޑް ފިލްމު "ބަޗުޕަން ކަ ޕިޔާރު"ގެ ލީޑު ރޯލަށް ރާޖުކުމާރު ރާއޯ އާއި ވާނީ ކަޕޫރު ނަގައިފި އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނި ގޮތުގައި، އެއީ "ރާވަން" އާއި "ތައްޕަޑު" އަދި "އާޓިކަލް 15" ކަހަލަ މަޝްހޫރު ފިލްމުތައް ގެނެސްދިން އަނުބާވް ސިންހާ ޑައިރެކްޓުކުރާ ފިލްމެކެވެ. އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި އާންމެއް ނުކުރެ އެވެ.

އެ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.

ރާޖުކުމާރު މިހާރު މަސަައްކަތްކުރަމުން އަންނަނީ ހޮރޯ ކޮމެޑީ "އިސްތުރީ"ގެ ދެވަނަ ފިލްމުގަ އެވެ. އޭނާ އެންމެފަހުން ކުޅުނީ ވެސް އަނުބާވް ސިންހާ ޑައިރެކްޓުކުރި ފިލްމެއް ކަމަށްވާ، މި އަހަރު ނުކުތް "ބީޑް" އިންނެވެ.

ވާނީ ކަޕޫރު އެންމެފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް ފިލްމު "ޝަމްޝޭރާ" އިންނެވެ.