ޕީޕީއެމްގެ ސައިކަލު ބުރުން ގިނަ ބަޔަކު ހައްޔަރުކޮށްފި
ޕީޕީއެމްގެ ސައިކަލު ބުރުން ގިނަ ބަޔަކު ހައްޔަރުކޮށްފި

ޕީޕީއެމުން މާލޭގައި މިއަދު ބޭއްވި ސައިކަލް ބުރަށް ފަހު ގާނޫނާ ހިލާފަށް އެއްވި ކަމުގެ ތުހުމަތުގައި 14 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ ސައިކަލު ބުރުން ގިނަ ބަޔަކު ހައްޔަރުކޮށްފި
ޕީޕީއެމްގެ ސައިކަލު ބުރުން ގިނަ ބަޔަކު ހައްޔަރުކޮށްފި

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ޕީޕީއެމް/ޕީއެންސީ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކުރީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އަދި ގާނޫނާ ހިލާފަށް މުޒާހަރާކުރި ކަމުގެ ތުހުމަތަށް ކަމަށެވެ.

އެ ތުހުމަތުގައި ޖެންޑާ މިނިސްޓްރީ ކައިރިން، މަޖީދީ މަގުން 10 ފިރިހެނުންނާއި ހަތަރު އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި ބޭއްވި އެއްވުމުން ހައްޔަރުކުރި އެންމެން މި ވަގުތު ތިބީ އަތޮޅުވެހީގަ އެވެ.

ގާނޫނާ ހިލާފަށް އެއްވި ކަމަށް ބުނެ 14 މީހުން ހައްޔަރުކުރިއިރު، ޕީޕީއެމުން އެ އެއްވުން އިސްތިހާރުކުރީ ވެސް ޒުވާނުންގެ ސައިކަލު ބުރެއްގެ ގޮތުގަ އެވެ.

އެ ޕާޓީގެ އޮފީސް ސަރަހައްދުން ސައިކަލު ބުރު ފެށުމަށް ފަހު، ޔާމީން ދޫކޮށްލުމަށް ގޮވާލައި މާލޭގެ އެކި ހިސާބުތަކުގައި ދުއްވި އެވެ. ނަމަވެސް ވަކި ހިސާބަކުން އެއްވުމަކަށް ބަދަލުކޮށްލީ އެވެ.