ޕްރަބާސް އާއި ދީޕިކާގެ ފިލްމުގެ ފަސްޓް ލުކް
ޕްރަބާސް އާއި ދީޕިކާގެ ފިލްމުގެ ފަސްޓް ލުކް

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ތަރި، ދީޕިކާ ޕަދުކޯން އެކުގައި ފެންނާނެ ފުރަތަމަ ފިލްމުގެ ފަސްޓް ލުކް ދައްކާލައިފި އެވެ.

އެ ފިލްމުގެ ނަމާއި ޓީޒާ އަދި ފިލްމު އަޅުވާ ތާރީހު އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގައި ބޭއްވި ކޮމިކް ކޮން އިވެންޓުގަ އެވެ.

"ޕްރޮޖެކްޓު ކޭ" ގޮތުގައި މަޝްހޫރުވި މި ފިލްމަށް ދީފައިވާ ނަމަކީ "ކަލްކީ 2898 އޭޑީ" އެވެ.

ފިލްމުގެ މުހިންމު ރޯލުތަކުން ޕްރަބާސް އާއި ދީޕިކާއާ އެކު، އަމީތާބު ބައްޗަން، ކަމަލް ހަސަން، ދިޝާ ޕަޓަނީ އަދި ރާނާ ދަގުބަތީ ވެސް ފެންނާނެ އެވެ. އަދި މި ފިލްމު ޑައިރެކްޓުކުރަނީ ނާގް އަޝްވިން އެވެ.

މި ފިލްމަކީ ކޮމިކް ކޮންގައި ބައިވެރިކުރި އިންޑިއާގެ ފުރަތަމަ ފިލްމު ވެސް މެ އެވެ. އެ އިވެންޓުގައި ފިލްމުގެ ޓީޒާ ވަނީ އާންމުކޮށްފަ އެވެ.

ސިނަމާތަކުގައި މި ފިލްމު އަޅުވަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.