ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގައި ވެސް އެ މަނިކުފާނުގެ ނައިބު ރައީސަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން މިހާރު އެ މަގާމު ފުރުއްވާ ފައިސަލް ނަސީމް މިއަދު ފާޅުކުރައްވައިފި އެވެ.

ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު އެ ޝައުގުވެރިކަން ފާޅުކުރެއްވި އިރު ފައިސަލާ ބެހޭ ގޮތުން ރޭ ނެރުނު ބަޔޯގްރަފީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައިސަލްގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ. ވިދާޅުވީ، ފައިސަލަކީ ތެދުވެރި، އެކުގައި މަސައްކަތް ކުރައްވަން ފަސޭހަ ބޭފުޅެއް ކަމަށެވެ.

ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

ފައިސަލް ވެފައި ވަނީ ރާއްޖޭގައި ވެރިކަމުގެ ފަސް އަހަރު ފުރިހަމަ ކުރައްވާ ފުރަތަމަ ނައިބު ރައީސަށެވެ.

ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

އެ މަނިކުފާނު މިއަދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގައި ވެސް ނައިބު ރައީސްކަން ކުރައްވަން ބޭނުންފުޅުވީ، އިޖުތިމާއީ ދާއިރާ އިން ފަށާފައިވާ ކަންކަން ނިންމަވައި ރައްޔިތުންނަށް ނަތީޖާތަކެއް ނެރެދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.

ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

"ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. ދުވަހަކު ވެސް އެއްވެސް ސަރުކާރަކަށް އިޖުތިމާއީ ދާއިރާ އިން ނުކޮށްދެވޭ ގިނަ ކަންކަން މި ސަރުކާރުގައި ފަށައިފިން. އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމާއި މަސައްކަތްތެރި މުޖުތަމައަކަށް ޒުވާނުން ނެރުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭ. އެނގިވަޑައިގަންނަވާނެ މަސްތުވާތަކެތި މިއީ ގައުމީ އެންމެ ބޮޑު މައްސަލަ. އެކަމުގެ ތެރޭގައި އުޅޭ މީހުން މުޖުތަމައަށް ނެރުމުގެ މަސައްކަތްތަކެއް ވެސް ފަށައިގެން ކުރިއަށް އެބަދޭ،" މި ސަރުކާރުގެ އިޖުތިމާއީ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި ފައިސަލް ވިދާޅުވި އެވެ.

ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ބޮޑެތި ކަންތައްތައް އެއް އަހަރު ނުވަތަ ދެ އަހަރުން ހައްލު ނުވާނެ އެވެ.

ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ
ރައީސްގެ ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ފައިސަލް ޝައުގުވެރިވޭ

"އެތައް އަހަރެއް ނަގާނެ ކަންކަން މިއީ. ތައުލީމީ ދާއިރާގެ މީހުން ބިނާކުރުމާއި މިހެން ގޮސް ބައިވަރު ކަންކަން އެބަހުރި. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއާ އެކު އިތުރު ފުރުސަތެއް އަޅުގަނޑަށް ލިބުމަކީ ވަރަށް ބޮޑު އެދުމެއް،" އުމުރުފުޅުން 50 އަހަރު ފުރުން އިއްޔެ ފާހަގަކުރެއްވި ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އޮތީ ގައުމަށް އޮތް ލޯތްބެއް. އަޅުގަނޑު މި ގައުމު ދެކެ ލޯބިވޭ. އަޅުގަނޑު މިހާތަނަށް ވެސް ހުރީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަފާތެރިކަންމަތީގައި. އަޅުގަނޑު ކުރި ހުވާގެ މަތީގައި ހުރެގެން ރައްުޔިތުންނަށް ހިދުމަތް ކޮށްދިނީ. ރައްޔިތުން އެ މިނެކިރާނީ."

ފައިސަލަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށް ވާއިރު، ސިޔާސީ ގޮތުން ދެން އަޅުއްވާނެ ފިޔަވަޅަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، އެ މަނިކުފާނަށް މުހިންމީ ގައުމު ކަމަށެވެ.

"ރައީސް އަރިހުގައި ގައުމަށް، ރައްޔިތުންނަށް ކަމެއް ކޮށްދިނުން އަޅުގަނޑަށް މުހިންމީ،" ފައިސަލް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ފައްޓަވާފައިވީ ނަމަވެސް އަދި ރަނިންމޭޓަކު ކަނޑައެއް ނާޅުއްވަ އެވެ. ނަމަވެސް އެ މަޝްވަރާތައް ޕާޓީގެ އިސްބޭފުޅުންނާ އެކު ފައްޓަވާފައިވާ ކަމަށް މި ހަފުތާގައި ވިދާލުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވައިލާނެ އެވެ. އަންނަ މަހުގެ ހަތަކީ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަސް ކަމަށް ވާއިރު، ރައީސް ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓްގެ ނަމާ އެކު ރަނިންމޭޓްގެ ނަން ވެސް ފޯމުގައި ޖަހަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ކުރިން ގެންގުޅުއްވި ކަމަށް ވެ އެވެ. އެކަމަކު ވަކި ހިސާބަކުން އެ ވިސްނުން އޭނާ ދޫކޮށްލެއްވީ ކަމަށް ވެ އެވެ.