ހަފުތާ ބަންދުގައި ވައިގަދަވެ، ވިއްސާރަކުރާނެ
ހަފުތާ ބަންދުގައި ވައިގަދަވެ، ވިއްސާރަކުރާނެ

މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މާދަމާ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ވިއްސާރަ ވެހޭނެ މިންވަރު މަދުވާނެ ކަމަށް ލަފާކުރެވުނަސް، މުޅި ރާއްޖެ އަށް އުޑުމަތި ބަނަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ވިލާގަނޑުގައި އެވްރެޖުކޮށް 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ހދ. އަތޮޅުން ފަށައިގެން ވ. އަތޮޅަށް، މިއަދު އިރުއޮއްސި 6 ޖަހަން ދެން ވައިޓް އެލާޓް ވެސް އޮތީ ނެރެފަ އެވެ.