އިހަވަންދޫން ރައީސަށް ބޮޑު ތަރުހީބެއް
އިހަވަންދޫން ރައީސަށް ބޮޑު ތަރުހީބެއް

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހއ. އިހަވަންދު އަށް ވަޑައިގަތުމުން އެ ރަށުން ގިނަ ބަޔަކު ނުކުމެ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

އިހަވަންދޫން ރައީސަށް ބޮޑު ތަރުހީބެއް
އިހަވަންދޫން ރައީސަށް ބޮޑު ތަރުހީބެއް

އެ ރަށަށް ރައީސް ވަޑައިގަތް އިރު، އެ ރަށުގެ ވަރަށް ގިނަ އާންމުން ތިބީ ރައީސާ ސަލާމް ކުރަން ބަނދަރު މައްޗަށް އެއްވެ އެވެ. އިހަވަންދު އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އެއް ރަށް ވެސް މެ އެވެ.

އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވިދާޅުވި ގޮތުގައި، މިއީ މި ރަށަށް ރައީސަކު ވަޑައިގަތުމުން މިހާތަނަށް ކިޔާފައިވާ އެންމެ ހޫނު މަރުހަބާ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އިހަވަންދޫން އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އެންމެ ކުރީގައި ތިބީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ މީހަކާއި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގޮނޑީގައި ގެންގުޅޭ ދެ މީހެކެވެ.

"މިއީ އާދަޔާ ހިލާފު ރޫހެއް،" ޕީޕީއެމް ސަޕޯޓަރުން ގިނަ ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރަށުގައި އެތައް ބަޔަކު ރައީސާ ސަލާމްކުރަން ނުކުމެ އޮތް މަންޒަރު ފެނިފައި މި ރަށުގެ މީހަކު ބުންޏެވެ.