ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ
ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ

ހަލަބް، ސީރިއާ (ޖެނުއަރީ 31) – ދާހިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެ، ބިރުވެރިކަން ފެތުރިފައިވާ ސީރިއާގެ ހަލަބުގައި ހަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ރަސްމީ ފުޓްބޯޅަ މެޗެއް ހޮނިހިރު ދުވަހު ކުުޅުނުއިރު އެ ސިޓީގެ ރައްޔިތުންގެ މޫނުމައްޗަށް އެންމެ ފަހުން ހިނިތުންވުންވެރިވެއްޖެ އެވެ.

ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ
ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ

އިރުމަތީ ހަލަބަށް 2012 ވަނަ އަހަރު އިދިކޮޅު ހަނގުރާމަވެރިން ވަދެގަނެ، ސީރިއާ ސިފައިންނާ ދެމެދު ހަނގުރާމަ ހިނގަން ފެށި ފަހުން އެ ސިޓީގައި ކުޅުނު ފުރަތަމަ ލީގު މެޗުން އަލް އިއްތިހާދު މޮޅުވީ ހުއްރިޔާ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-1 އިންނެވެ. އޭއެފްސީ ކަޕުގެ ޗެމްޕިއަންކަން 2010 ވަނަ އަހަރު ހޯދި އަލް އިއްތިހާދުން މި މެޗު ކާމިޔާބުކުރީ ފަހު ވަގުތު ރެބީ ސްރޯ ޖެހި ލަނޑުންނެވެ. މި މޮޅާ އެކު އެ ޓީމު އޮތީ 12 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގަ އެވެ. ހުރިއްޔާ އޮތީ ތިން ޕޮއިންޓާ އެކު ރެލިގޭޝަން ޒޯނުގަ އެެވެ.

ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ
ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ

ހަލަބުގެ ފުރިހަމަ ކޮންޓްރޯލް ސީރިއާ ސިފައިން ނަގާފައިވީ ނަމަވެސް އަދިވެސް އެ ސިޓީ އާއްމު ހާލަތަކަށް ނުދެ އެވެ. ހަނގުރާމައިގެ ހަމަލާތަކުގެ ސަބަބުން ސްޓޭޑިއަމް ވެސް ވަނީ ވީރާނާވެފަ އެވެ. ދަނޑުގެ ވިނަގަނޑު ވަނީ މަރުވެފަ އެވެ. މާހައުލު އެހާމެ ފިންޏެވެ. އެކަމަކު ދެ ކްލަބުގެ ސަޕޯޓަރުން ވަނީ އެ ހުރިހާ ކަމެއް ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލުމަށް ފަހު ފުރިހަމަ ތަރުހީބެއް ދީފަ އެވެ. ފިނި ހެދުމުގައި ދަނޑަށް ވަދެ، ޓީމުގެ ދިދަ ހިފައިގެން ތިބެ ދުވަސްތަކަށް ފަހު ފުޓްބޯޅައިން ހިތްހަމަޖެހުން ވަނީ ހޯދައިފަ އެވެ.

ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ
ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ

މުޅި ދަނޑުގެ ސަލާމަތީކަންކަން ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ބެލެހެއްޓިއިރު، ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ
ހަނގުރާމައަށް ލިބުނު ފިނިކަމާ އެކު ހަލަބަށް ފުޓްބޯޅަ އެނބުރި އަތުވެއްޖެ

"އަހަރެން އެންމެ ފަހުން މެޗެއް ބެލީ 2010 ވަނަ އަހަރު،" މެޗަށް ތައްޔާރުވުމަށް ނަލަހެދިލައިގެން ހުރި މުހައްމަދު އަލީ ބުންޏެވެ. "އޭރު އަހަންނާ އެކު މާގިނަ މީހުން ތިބި. ރަށްޓެހިންނާ އެކު އޭރު ދިޔައީ. މިހާރު އޭގެ ތެރެއިން ބައެއް މީހުން (ގައުމު ދޫކޮށް) ގޮސްފި. އެއް ބަޔަކު މަރުވެއްޖެ."

ސީރިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު މުޒާހަރާކުރަން ނުކުތް މީހުން ގަދަބާރުން ހުއްޓުވުމާ އެކު ފެށުނު ދާހިލީ ހަނގުރާމައިގެ ތެރެއަށް އެކިއެކި ހަނގުރާމަވެރި ޖަމާއަތްތައް ވަދެ، ބޮޑުވެގެން ދިޔައިއިރު މިދިޔަ ހަޔެއްކަ އަހަރުތެރޭގައި ހަނގުރާމައިގެ ސަބަބުން 300،000 އަށް ވުރެ ގިނަ މީހުން މަރުވެ މިލިއަނުން މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފަ އެވެ.

"ހަލަބުގައި އެއްވެސް މެޗެއް ނުބާއްވާތީ އަހަރެމެން ވަރަށް ބޮޑަށް މިކަމަށް ބޭނުންވެފައި މިތިބީ،" ގައްސާން މަހުމޫދު ބުންޏެވެ. "އެކަމަކު މިހާރު ސެކިއުރިޓީ އަތުވެއްޖެ. އަހަރެން އުއްމީދުކުރަން ސަޕޯޓަރުން އަލުން ދަނޑު ފުރާލާނެ ކަމަށް."

އިއްތިހާދުގެ ކުޅުންތެރިޔެއް ކަމަށްވާ އުމަރު ހަމީދީ ބުނީ ފަސް އަހަރަށް ފަހު ހަލަބުގެ ދަނޑުގައި މެޗެއް ކުޅެވޭތީ ކުރެވޭ އިހުސާސް ބުނެދޭން ނޭގެ ކަމަށެވެ. "އަހަރެންގެ ހިތް ވަނީ އަވަސްވެފައި."

ހުރިއްޔާގެ ކުޅުންތެރިޔާ ފިރާސް އަލް-އަހުމަދު ބުނީ ބަލިވުމުން ދެރަވާ ކަމަށާއި އެކަމަކު އެނބުރި އަމިއްލަ ރަށުން ޖެހުމުން އުފާވެފައިވާ ކަމަށެވެ.

"ހަލަބުގައި ކުޅުމަކީ އަހަރެމެންގެ ހައްގެއް. ހަލަބުގައި އަހަރެމެންގެ ކުޅުން ރަނގަޅުވާނެ. ސަޕޯޓަރުންނާ އެކު އަމިއްލަ ރަށުގައި ކުޅޭއިރު ކުޅުން ރަނގަޅުވޭ."

މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން އެކި ސިޓީތަކުގައި ސީރިއާ ލީގު ކުޅެމުން އައި ނަމަވެސް ހަނގުރާމައިގެ ސަބަބުން ލީގު ސަސްޕެންޑްކުރީ އެވެ. ލީގު 2012 ވަނަ އަހަރުން އަލުން ފެށީ ވަރަށް ކުރު ފޯމެޓަކަށް ކުޅޭ އުސޫލަކަށެވެ. އަދި މެޗުތައް ކުޅެމުން އައީ ހަމައެކަނި ސަރުކާރުގެ ކޮންޓްރޯލް އޮތް ދިމިޝްގާއި ލަޓަކަޔާގަ އެވެެ. އެކަމަކު ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮތް ހޯމްސް އާއި އިތުރު ސިޓީއެއްގައި ވެސް މެޗުތައް ބާއްވަން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެކަމަކު ހަލަބުގައި އިތުރު މެޗެއް ކުޅެން އަދި ރާވާފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އެ ސިޓީގައި ދާއިމީކޮށް މެޗުތައް ބާއްވަން ފަށާނީ ސަލާމަތީ ކަންކަން އާއްމު ހާލަތަކަށް އައުމުންނެވެ. ސްޕޯޓްސް ޔޫނިއަންގެ ސީނިއާ އޮފިޝަލަކު ބުނީ މި މެޗަކީ ހަލަބުގެ ކްލަބްތަކުން އަމިއްލަ ސްޓޭޑިއަމުގައި މެޗުތައް ކުޅެން ފެށުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ހަލަބުގައި ހުންނަ އިއްތިހާދުގެ ސްޓޭޑިއަމް ކަމަށްވާ އަލެޕޯ އިންޓަނޭޝަނަލް ސްޓޭޑިއަމަކީ ސީރިއާގެ އެންމެ ބޮޑު ސްޓޭޑިއަމެވެ. އެތަނަށް 53،000 މީހުންނަށް ވަދެވޭއިރު މިއީ އޮލިމްޕިކް ޓްރެކަކާ އެކު ހަދާފައިވާ ވަރަށް ޒަމާނީ ސްޓޭޑިއަމެކެވެ.

ސީރިއާގެ ހަލަބަކީ ފުޓްބޯޅައިގެ މުހިއްމު ސިޓީ އެކެވެ. އެގޮތުން އޭޝިއާގެ ގަދަބާރެއްގެ ގޮތުގައި ސީރިއާ އޮތްއިރު އެ ގައުމުގެ ގައުމީ ޓީމުގެ މެޗުތައް ވެސް ކުޅުނީ ހަލަބުގަ އެވެ. ރާއްޖޭން އޭޝިއަން ކަޕުގެ ކޮލިފައިންގައި ފުރަތަމަ ފަހަރަށް 1999 ވަނަ އަހަރު ވާދަކުރިއިރު މެޗުތައް ކުޅުނީ އެ ސިޓީގަ އެވެ. އެއީ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މުބާރާތެވެ. -- (އޭއެފްޕީ)