ޓްރީ ޓޮޕްގައި އެންސްޕާ އާއި ވިރާގެ ކައުންޓަރެއް
ޓްރީ ޓޮޕްގައި އެންސްޕާ އާއި ވިރާގެ ކައުންޓަރެއް

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެންސްޕާ އާއި ވިރާގެ ކައުންޓަރެއް ހުޅުވައިފި އެވެ.

މި ކައުންޓަރަކީ ސިއްހީ ފަރުވާ ހޯދުމުގައި ސަރުކާރުގެ އެހީއަށް އެދުމާއި މައުލޫމާތު ސާފުކޮށްދިނުމާއި އަދި ސަރުކާރުގެ ސިއްހީ ވެލްފެއާ ޕްރޮސެސްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ފޯރުކޮށްދޭ ކައުންޓަރެކެވެ. މި ކައުންޓަރުގެ ސަބަބުން އާސަންދައާ ގުޅޭ މައުލޫމާތުތައް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

އާސަންދަ ނުދޭ ހިދުމަތްތަކަށް މި ކައުންޓަރުން އާސަންދަ ހަމަޖެއްސުމާއި، ބަލި ހާލަތުގެ ގޮތުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖެއްސުން ފަދަ ޕްރޮސެސްތަކުގެ މައުލޫމާތު ފޯރުކޮށްދީ އެ ފަދަ ހިދުމަތްތައް ހޯދަން ހުށަހެޅޭނެ އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން މަސައްކަތްކުރަމުން އަންނަނީ ބަލިމީހުންނަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އެ ހޮސްޕިޓަލުގައި ހުރެ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށެވެ.

ޓްރީ ޓޮޕްގެ އިތުރުން އައިޖީއެމްއެޗްގައި ވެސް އެންސްޕާ އަދި ވިރާގެ ކައުންޓަރެއް ހުރެ އެވެ.