ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ޕްރޮގްރާމާ ގުޅިއްޖެ
ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ޕްރޮގްރާމާ ގުޅިއްޖެ

ދިރާސީ އާ އަހަރަށް ތައްޔާރުވުމުގައި އެހީ ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް" ކެމްޕެއިނާ ދިރާގުން ގުޅިއްޖެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މި ޕްރޮގުރާމާ ގުޅުނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މައިންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ.

މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ޕްރޮގުރާމަކީ އެ ޖަމިއްޔާގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރަށް ތައްޔާރުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭ ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމުގައި މި އަހަރު ދިރާގުގެ އެހީތެރިކަމާ އެކު އެ ޖަމިއްޔާގެ ކެއާ ލިސްޓުގައި ހިމެނޭ ކީ ސްޓޭޖު 3 އަދި 4 ގެ ދަރިވަރުންނަށް ތަކެތި ފޯރުކޮށްދޭނެ އެވެ.

މި ޕްރޮގުރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ އާއިލާތަކަކީ އެކަނިވެރި މައިންގެ އާއިލާތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުންގެ އާއިލާތަކެވެ.