ފުޅަދު އަށް ލެއްގި ގޮތް ނޭނގޭ ޕެކެޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް
ފުޅަދު އަށް ލެއްގި ގޮތް ނޭނގޭ ޕެކެޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް

ބ. ފުޅަދު އަށް ލެއްގި ގޮތް ނޭނގޭ ޕެކެޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއަދު އެ ރަށަށް ގޮތް ނޭނގޭ ޕެކެޓްތަކެއް ލެއްގުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ޕެކެޓްތަކުގައި ހުރީ ކޮން އެެއްޗެއް ކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ދޭތެރެދޭތެރެއިން ރަށްރަށަށް ގޮތް ނޭނގޭ ތަކެތި ލައްގާފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.