ސަލްމާންގެ ނަމުގައި ސްކޭމް ކުރާ މައްސަލަ ބޮޑުވެއްޖެ
ސަލްމާންގެ ނަމުގައި ސްކޭމް ކުރާ މައްސަލަ ބޮޑުވެއްޖެ

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން އާއި އޭނާގެ ޕްރޮޑަކްޝަން ހައުސް، ސަލްމާން ހާން ފިލްމްސް (އެސްކޭއެފް)ގެ ނަމުގައި ސްކޭމް ކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

އެ ސްކޭމްތައް ކުރަނީ އޭނާގެ ފިލްމުތަކުގައި މަސައްކަތްކުރަން ފުރުސަތު ލިބުނު ކަމަށް ބުނެ އެވެ.

އެ މައްސަލަ ބޮޑުވެ، ސަލްމާން ވަނީ އޭނާގެ ނަން ބޭނުންކޮށްގެން ސްކޭމް ކުރާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެސްކޭއެފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަލްމާން އާއި އެ ޕްރޮޑަކްޝަން ހައުސް އިން މިވަގުތު އެއްވެސް އާ ފިލްމަކަށް ކާސްޓުން ނުހޯދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމަކަށް ވެސް އިތުރު ކާސްޓުން ނުހޯދާ ކަމަށެވެ.

އެހެންވެ، އެ ފުރުސަތު އޮތް ކަމަށް ބުނެ ކުރާ އީމެއިލްތަކާއި މެސެޖުތަކަށް ސަމާލުވުމަށް ނޫސްބަޔާނުގައި އިލްތިމާސްކުރި އެވެ.

ސްލަމާންގެ ޕްރޮޑަކްޝަން ހައުސް އަކީ "ޗިލާ ޕާޓީ" އާއި "ބަޖްރަންގީ ބައިޖާން" އަދި "ބާރަތު" ފަދަ ހިޓް ފިލްމުތައް އުފެއްދި ޕްރޮޑަކްޝަނެވެ.