18 ޖުލައި 2023 - 14:52

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލުތައް ފާސްކޮށްފައިވާ ކަމަށެވެ.
މި ދައުރުގެ މަޖިލިސް ބަހާލާފައިވަނީ 87 ދާއިރާއަށެވެ. ނަމަވެސް، އަލަށް އިތުރުވަނީ؛
- މާލެ އަށް ދެ ގޮނޑި.
- އައްޑު އަށް ގޮނޑިއެއް.
- ބ. އަތޮޅަށް ގޮނޑިއެއް.
- މާލެ އަތޮޅަށް ގޮނޑިއެއް.
- ގއ. އަތޮޅަށް ގޮނޑިއެއް.
ހަބީބް ވިދާޅުވީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އެ ކޮމިޝަނުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެކެވެ. ނަމަވެސް، އަލަށް އިތުރުވާ ދާއިރާތަކާ އެކު، މަޖިލީހުގައި 93 މެމްބަރުން ތިބޭނެ އެވެ. މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ.
މެމްބަރުންނަށް މުސާރަ އާއި އެލަވަންސްތަކާއެކު މަހަކު ގާތްގަނޑަކަށް 80،000ރ. ލިބެ އެވެ. އެހެންވެ، އާ ދާއިރާތަކާއެކު މެމްބަރުންގެ މުސާރައަށް މަހަކު 7.4 މިލިއަނަށް ވުރެ ރުފިޔާ ހަރަދުވާނެ އެވެ.