އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް
އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް

ރާއްޖޭގެ ކުޅިވަރު ޓީމަކުން، ބޭރުގެ މުބާރާތެއްގައި ވާދަކުރިތާ، 50 އަހަރު ފުރުން ފާހަގަކުރަން، އެ ޓީމުގެ ބައެއް ކުޅުންތެރިން ޗައިނާ އަށް މިއަދު ފުރައިފި އެވެ.

އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް
އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް

ރާއްޖޭގެ ކުޅިވަރުގެ ޓީމަކުން، ބޭރުގެ މުބާރާތެއްގައި އެންމެ ފުރަތަމަ ވާދަކުރީ 1973 ގައި ޗައިނާގައި ބޭއްވި، އޭޝިއަން އެފްރިކަން ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭބަލްޓެނިސް މުބާރާތުގަ އެވެ.

އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް
އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް

އެ އަހަރު އޯގަސްޓް މަހު 25 ސެޕްޓެމްބަރު 5 އަށް ބޭއްވި މުބާރާތުގައި، ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގައި ބައިވެރިވީ ހަތަރު ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ޖުމުލަ ހަތް މެންބަރުންގެ ޑެލިގޭޓެކެވެ. އޭގެތެރެއިން ތިން ބޭފުޅަކު ވަނީ އަވަހާރަވެފަ އެވެ.

އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް
އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް

ރާއްޖޭގެ ޓީމުގެ އިސްވެރިޔެއްގެ ގޮތުގައި އޭރު ވަޑައިގެންނަވީ، މިދިޔަ މަހު އަވާހަރަވި ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ވަޑައިގެންނެވީ ހަސަން ހަބީބެވެ. އޭނާ ހުންނެވީ ނޮން ޕްލޭއިން ކެޕްޓަނެއްގެ ގޮތުގަ އެވެ.

އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް
އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް

މުބާރާތުގައި ކުޅުއްވި ކުޅުންތެރިންނަކީ، ގިނަ ކުޅިވަރުތަކަކުން އެންމެ މަތީ ވަނަތައް ހޯއްދެވި ދިވެހި ކުޅިވަރުގެ ލެޖެންޑް، މަރްހޫމް ސައްޔިދު ހަސަނާއި މަރްހޫމް އާދަމް ޝަރީފްގެ އިތުރުން، ރާއްޖޭގެ ޓީޓީގެ ބޮޑު އާއިލާއެއް ކަމަށްވާ، ސީވީޑް އާއިލާ އަށް ނިސްބަތްވާ އަހުމަދު ލަތީފާއި ބައިސްކަލް ރޭހާއި ޓެނިހުގައި ވެސް ވިދާލި ހުރާ އަބްދުސައްތާރު ހަސަންގެ އިތުރުން، މިހާރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހަސަން ލަތީފެވެ.

އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް
އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ބައިގަރުނު ފަހުން އަލުން ޗައިނާ އަށް

ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޗައިނާ އަށް މިއަދު ފުރާ ވަޑައިގަންނެވީ އަހުމަދު ލަތީފުގެ އިތުރުން ހުރާ އަބްދު ސައްތާރާއި ރާއްޖޭގެ ކްރިކެޓްގެ ކުރީގެ އެއްވަނަ އުކުންތެރިޔާ ހަސަން ހަބީބެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ މެދުވެރިކޮށް ހަމަޖައްސައި ދިން ދަތުރުގައި ޗައިނާއިން ހަމަޖައްސަން ޖެހޭ އިންތިޒާމު ހަމަޖައްސާފައި ވަނީ ބޭރު ގައުމުތަކުގެ ސަގާފަތާއި ގުޅޭ ހަރަކާތްތައް ރާވާ ހިންގާ އެ ގައުމުގެ ކޯޕަރޭޝަނަކުންނެވެ.

ކުރިން ޗައިނާގެ ސަފީރުކަން ވެސް ކުރެއްވި އަދި މިހާރު ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ލަތީފު ވިދާޅުވީ އޭރު އެ ބޭފުޅުން އެ މުބާރާތް ކުޅުއްވި ޕީކިން ސިޓީ އަށް ވަޑައިގަތުމުގެ އިންތިޒާމު ޗައިނާގެ އެ ކޯޕަރޭޝަނުން ހަމަޖައްސަވާފައިވާ ކަމަށެވެ.

"އޭރު އަޅުގަނޑުމެންނާ ދެކޮޅަށް ކުޅުނު ޗައިނާގެ ކުޅުންތެރިޔެއް ވެސް އެ ބޭފުޅުން ވަނީ އައިޑެންޓިފައިކޮށްފައި،" ލަތީފް ވިދާޅުވި އެވެ.

ރާއްޖެ އަށް އިންޓަނޭޝަނަލް މުބާރާތަކުން ފުރަތަމަ މެޑައްޔެއް ހޯދީ ވެސް ޓީޓީގެ ފިރިހެން ޓީމުންނެވެ. ރީޔޫނިއަންގައި 1978 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި ޓީމަށް ވެސް ކުޅުއްވި ލަތީފް ވިދާޅުވީ، ޗައިނާގައި 50 އަހަރު ކުރިން ބޭއްވި މުބާރާތާ ހަމައިން ރާއްޖޭގެ ޓީޓީ އަށް ޗައިނާއިން ފޯރުކޮށްދޭން ފެށި އެހީތެރިކަން އެގޮތުގައި އަދިވެސް ކުރިއަށްދާ ކަމަށެވެ.

ޗައިނާގައި ބޭއްވި ތާރީހީ އެ މުބާރާތަށް ދެ އަހަރު ފަހުން 1975 ގައި އެ ގައުމުން ވަނީ ރާއްޖެ އަށް ޓީޓީގެ 3 މޭޒާއި ކުޅޭ ސާމާނު ފޯރުކޮށްދީފަ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް އެހީވުމަށް ޗައިނާއިން ކޯޗެއް ވެސް އެ އަހަރު ފޮނުވި އެވެ.

ބައިގަރުނު ކުރިން ޗައިނާ އަށް ކުރި ދަތުރުގެ ފަހުން، ހުރާ އަބްދު ސައްތާރު ޗައިނާ އަށް އެ ވަޑައިގަންނަވަނީ މުޅިން އަލަށެވެ. އެހެން ބޭފުޅުން ވަނީ މީގެ ކުރިން އެކިކަންކަމުގައި ޗައިނާ އަށް ވަޑައިގެންފަ އެވެ.

"ބައެއް ބޭފުޅުން މިއަދު ދުނިޔޭގައި ނެތް ނަމަވެސް، އޭގެ 50 އަހަރު ފަހުން އަޅުގަނޑުމެން ޕީކިން އަށް މިކުރާ ދަތުރަކީ ވަރަށް ތަފާތު އިހްސާސެއް ކުރުވާ ދަތުރެއް. 50 އަހަރު ކުރިން އެ ސިޓީ އޮތް ގޮތް އަޅުގަނޑަށް މިހާރު ވެސް ސިފަ ކުރެވޭ. އަދި މިހާރު އައިސްފައިވާ ބަދަލުތައް އަޅާ ކިޔާލެވޭނެ،" ހުރާ އަބްދުސައްތާރު ވިދާޅުވި އެވެ.