14 ޖުލައި 2023 - 10:47

ސިޓީ އޮޕްޓިކަލްގެ ޓެކްނޮލޮޖީ ޕާޓްނަރު، ކާލް ޒައިސް ކުންފުންޏާ ގުޅިގެން ކަސްޓަމަރުންނަށް އަގު ހެޔޮކޮށް، ޕްރޮގްރެސިވް އައިނު ހައްދައިދޭ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
އެ ޕެކޭޖުގެ ދަށުން 2،999ރ. އަށް ޕްރޮގްރެސިވް އައިނު ހެއްދޭނެ އެވެ.
އައިނު ހެއްދުމަށް ފްރޭމެއް ހިޔާރު ކުރުމަށް 40 އަށް ވުރެ ގިނަ ސްޓައިލުގެ ފްރޭމް ހުންނާނެ އެވެ.
ސިޓީ އޮޕްޓިކަލުން ބުނި ގޮތުގައި ޕްރޮގްރެސިވް އައިނުގެ ލެންސު ހައްދާނީ ޒައިސްގެ ގްލޯބަލް ލެބްގަ އެވެ. އެއީ 100 ޕަސެންޓު ޔޫވީ ޕްރޮޓެކްޝަން ލިބޭ އައިނެކެވެ. އައިނު ހެއްދުމަށް 10 ދުވަހާއި 12 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ އެވެ.
ޒައިސް އަކީ ލެންސު އުފެއްދުމުގައި 175 އަހަރުވީ ޖަރުމަނު ވިލލާތުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ އައިނުތަކަކީ އުނދަގޫ އިހުސާސު ނުވާ ގޮތަށް ފަރުމާ ކޮށްފައިވާ އައިނުތަކެއް ކަމަށް ސިޓީ އޮޕްޓިކަލުން ބުންޏެވެ.
އެ ކުންފުނީގެ ޕްރިމިއަމް އަދި ސުޕާ ޕްރިމިއަމް ހުރިހާ ޕްރޮޑަކްޓުތަކެއް ސިޓީ އޮޕްޓިކަލުން ލިބޭނެ އެވެ.
ސިޓީ އޮޕްޓިކަލުން އާސަންދައިގެ އިތުރުން އެލައިޑާއި އަމާނާތަކަފުލް އާއި ސޮލަރެލް އަދި އެމްއެންޑީއެފްގެ އިންޝުއަރެންސް ބަލައިގަނެ އެވެ.
ޕްރޮގްރެސިވް އައިނު ހައްދައިދޭ ޕެކޭޖުގެ އިތުރުން އާއިލާތަކަށް ހާއްސަ ޕެކޭޖެއް ވެސް ދާދި ފަހުން ސިޓީ އޮޕްޓިކަލުން ވަނީ ތައާރަފް ކޮށްފަ އެވެ. މިއީ ވެސް ޒައިސްއާ ގުޅިގެން ތައާރަފް ކޮށްފައިވާ ޕެކޭޖެކެވެ.