13 ޖުލައި 2023 - 11:43

ގިޒްމޯއިން ކޮމްޕިއުޓަރަށް ހާއްސަކޮށް "ހޮލިޑޭ ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ އެ ތަނުން ވިއްކާ އެކި ބްރޭންޑުތަކުގެ އެކި ވައްތަރުގެ ކޮމްޕިއުޓަރުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.
ސްކޫލް މަސައްކަތްތަކާއި އޮފީސް މަސައްކަތަށް އެންމެ އެކަށީގެންވާ ކޮމްޕިއުޓަރާއި ގޭމް ކުޅުމާއި ގްރެފިކްސް ޑިޒައިންކޮށް އެޑިޓުކުރުމުގެ ބޮޑެތި މަސައްކަތްތައްކުރާ ކޮންޓެންޓް ކްރިއޭޓަރުންގެ މަސައްކަތަށް ބޭނުންވާނެ ކޮމްޕިއުޓަރުތައް ވެސް މި ޕްރޮމޯޝަންގައި ހިމަނާފައިވާނެ ކަމަށް ގިޒްމޯއިން ބުންޏެވެ.
"އަޅުގަނޑުމެން އެބަ ވިއްކަން ވަރަށް ކޮލިޓީ ރަނގަޅު އޮފީސް އަދި ހޯމް ޔޫސްއަށް ބޭނުން ކުރެވޭނެ ސިސްޓަމްތައް ވެސް. މި ސިސްޓަމްތައް ފާސްޓުވާނެ. އެހެންވީމާ އޮފީހަށް ނޫނީ ގޭގައި މިހާރު ހުރި ސިސްޓަމްތައް އަޕްގްރޭޑް ކުރަން ވެސް މިއީ ރަނގަޅު ފުރުސަތެއް" ގިޒްމޯއިން ބުންޏެވެ.
މި ޕްރޮމޯޝަންގައި ހިމަނާފައިވާ ގޭމިން ސިސްޓަމްތައް ގަންނަ ކަސްޓަމަރުންނަށް ސިސްޓަމާ އެކު ގޭމިން ހެޑްސެޓާއި ކަސްޓަމަރަކު ހިޔާރުކުރާ ދެ ގޭމެއް ހިލޭ ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ހިމަނާފައިވާ ސިސްޓަމްތަކުން އެއް އަހަރުގެ ހާޑްވެއާ ވޮރެންޓީ އާއި ދެ އަހަރުގެ ސާވިސް ވޮރެންޓީ ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓް ފަހެއްގެ ނިޔަލަށެވެ.