ވޯޓު ލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ވޯޓު ލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީ ވެފައިވާ މީހުންގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އީސީން ބުނީ އަންނަ އޭޕްރީލް 8 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެ ލިސްޓަށް ބަދަލުތަކެއް ގެނައީ، މިި މަހުގެ 15 ވަނަ ދުވަހު އާއްމުކުރި ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުގަ އެވެ.

ޝަކުވާ ހުށަހަޅާ ފޯމް އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ. ޝަކުވާ ބަލައިގަންނަން ހަމަޖައްސާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށެވެ. ހުކުރު ދުވަހު މެންދުރު ފަހު 3:00 އަށް ހަވީރު 5:00 އަށެެ.

ބަދަލުތައް ގެނައި ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބަލައިގަންނަން ހަަމަޖައްސާފައިިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކުގެ އަވަށު އޮފީސްތަކުގެ އިތުރުން ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިހާބީ މަރުކަޒުންނެވެ.

އިންތިހާބުގައި ވާދަކުރާ މީހުންގެ ފޯމުތައް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް އީސީން ބަލައިގަންނާނެ އެވެ.