ދިވެހި ފުޓްބޯޅައިގެ މަސައްކަތަށް ބަލަކް އަލުން ނުކުންނަވަނީ؛ ހަވާލުވާނީ ކްލަބަކާ
ދިވެހި ފުޓްބޯޅައިގެ މަސައްކަތަށް ބަލަކް އަލުން ނުކުންނަވަނީ؛ ހަވާލުވާނީ ކްލަބަކާ

ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތަށް އަލުން ނުކުންނަވާނެ ކަމަށާއި ވިސްނުން ހުރީ ކްލަބެއްގައި މަސައްކަތް ކުރަން ކަމަށް، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުޓްބޯޅައިގެ މަސައްކަތަށް ބަލަކް އަލުން ނުކުންނަވަނީ؛ ހަވާލުވާނީ ކްލަބަކާ
ދިވެހި ފުޓްބޯޅައިގެ މަސައްކަތަށް ބަލަކް އަލުން ނުކުންނަވަނީ؛ ހަވާލުވާނީ ކްލަބަކާ

ފުޓްބޯޅައިގައި "ބަލަކް" ގެ ނަމުން މަޝްހޫރު ވެފައިވާ އަލީ އެންމެ ފަހުން މަސައްކަތް ކުރީ ލަންޑަންގެ ނޮން ލީގުގެ ކްލަބް، ސްޕޯޓިން ލަންޑަނުގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ވިމްބެލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް އެ ކްލަބަށް މިދިޔަ މެއި މަހު ކާމިޔާބުކޮށް ދިނެވެ.

ދިވެހި ފުޓްބޯޅައިގެ މަސައްކަތަށް ބަލަކް އަލުން ނުކުންނަވަނީ؛ ހަވާލުވާނީ ކްލަބަކާ
ދިވެހި ފުޓްބޯޅައިގެ މަސައްކަތަށް ބަލަކް އަލުން ނުކުންނަވަނީ؛ ހަވާލުވާނީ ކްލަބަކާ

ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމުން، ބޭސްފަރުވާކުރުމަށް ކަމަށް ބުނެ ފުރައިގެން ގޮސް ތިން އަހަރު ދުވަހު އިނގިރޭސިވިލާތުގައި ހޭދަ ކުރެއްވުމަށް ފަހު މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.

މާލެ އައިސް އެއް ނަންބަރު ފާލަން ކައިރީ ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ، ވިދާޅުވީ އޭނާގެ ސަމާލުކަން ހުރީ ފުޓްބޯޅައިގައި މަސައްކަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން މި ހުރީ ކްލަބް ފުޓްބޯޅަ އަށް ހަމަ ވަންނަން،" އަލީ ވިދާޅުވި އެވެ.

އެކަމަކު އޭނާ މަސައްކަތް ކުރާނީ ކޮން ކްލަބެއްގައި އަދި ކޮން ހައިސިއްޔަތަކުން ކަމެއް ވިދާޅެއް ނުވެ އެވެ.

އަލީގެ ގާތް އެކުވެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ހިއްސާ އޮންނަ، ނިއު ލެގޫންސް ކްލަބާ، އަލީ ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މިދިޔަ އަހަރު ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ކްލަބް، މި އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަ ކުރާނެ އެވެ.

އަލީ ވިދާޅުވީ ފުޓްބޯޅައިގައި ކުރަން ވިސްނާ ކަމެއް ޖުލައި 20 ގައި ފާހަގަ ކުރާ އޭނާގެ އުފަން ދުވަހު އިއުލާން ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ދާއިރާގެ މީހުންނަށް ވުރެ ފުޓްބޯޅައިގައި އުޅޭ މީހުން އޭނާ އަށް އިތުބާރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްއޭއެމްގެ ލީޑާޝިޕަށް އައުމަކީ ފައިސާ ހުރި ނަމަ މަދަމާ އިރު އަރާއިރު ވެސް ކުރަން ފަސޭހަ ކަމެކެވެ.

"އެފްއޭއެމްގެ ރައީސްކަމަށް އާދެވޭނެ ވަކިވަރަކަށް ލާރި ހުރިއްޔާ މިހާރު ވެސް މާދަމާ ހެނދުނު އިރުއަރާ އިރު ވެސް. ބަޓް އައި ޑޯޓް ވޯންޓް ދެޓް. ކޮބާތޯ އޭގެ ބޭނުމަކީ. ހުރިހާ ކްލަބްތަކެއްގެ މީހުން އެތަނަށް ލައިގެން އެމީހުންނަށް ކޮންމެ ދުވަހަކު ސަބްސިޑީ ދީގެން. އެއެއް ނޫން އެފްއޭއެމް ހިންގަންޖެހޭ ގޮތަކީ. އެހެން ހިންގީމަ މިހެން މިވީ،" ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.

އޭނާގެ ޗެއާމަންކަމުގެ ދަށުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު އަހަރު ތެރޭ 13 ތަށި ހޯދައިދީފައި ވާނެކަން ފާހަގަކޮށް އަލީ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ މުހިންމު ކަމަކީ ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުން ކަމަށެވެ. އިންޑިއާގައި އޮންނަ ވަރުގެ ލީގެއް ރާއްޖޭގައި ވެސް ބިނާ ކުރެވޭނެ ކަމަށް އެފްއޭއެމުން ކުރިން އެކުލަވާލި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަންކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން އަތޮޅުތަކުގައި ތިބި [ފުޓްބޯޅައިގެ] ކުދިންނަށް (ކަމެއް ކޮށްދޭން)، އަޅުގަނޑަށް އެނގޭ އެކުދިންގެ ޕޭރެންޓުން އެ ކުދިން މޮޅު ކުރަން ބޭނުންވާ ވަރު. އެހެންވީމަ އަޅުގަނޑު ބޭނުން އެގޮތަށް ތިބި ކުދިންނަށް ކަމެއް ކޮށްދޭން. އެއީ އަލުގަނޑުގެ ޕެޝަން،" އިނގިރޭސި އެފްއޭގެ ކޯޗިން ލައިސަންސެއް ހާސިލުކޮށްފައިވާ އަލީ ވިދާޅުވި އެވެ.