"އިއްތިފާގު" ރިމޭކްގައި ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ
"އިއްތިފާގު" ރިމޭކްގައި ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ

ޔާޝް ޗޯޕްރާ ތަންކޮޅެއް ކުރިން އުފައްދާފައިވާ މަޝްހޫރު ފިލްމެއް ކަމަށްވާ "އިއްތިފާގު" ގެ ރިމޭކެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މީގެ އޮރިޖިނަލް ފިލްމުގެ ތަރިންނަކީ ރާޖޭޝް ކަންނާ އާއި ނަންދާ އެވެ. މިފަހަރުގެ ފިލްމު އުފައްދަނީ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ދަރްމާ ޕްރޮޑަކްޝަން އަދި ބީއާރް ފިލްމްސް ގުޅިގެންނެވެ.

"އިއްތިފާގު" ރިމޭކްގައި ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ
"އިއްތިފާގު" ރިމޭކްގައި ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ

މި ފިލްމާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަމުން ސިދާރްތު ބުނީ މިފަހަރުގެ ފިލްމަކީ ސީދާ "އިއްތިފާގު"ގެ ރިމޭކެއް ނޫން ކަމަށާއި ފިލްމުގެ ވާހަކަ މިހާރަށް ފައްތަންވެގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެހެންވެ ކުރީ ޒަމާނުގެ ސުޕަސްޓާރެއް ކަމަށްވާ ރާޖޭޝް ކަންނާ ކުޅުނު ރޯލު ކުޅުމުގައި މިހާރު އެހާ ބޮޑު ޕްރެޝަރެއް ނެތް ކަމަށެވެ.

ސިދާރްތު ބުނީ އޭނާއަކީ ރާޖޭޝް ކަންނާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާގެ ފިލްމުތައް ބަލަން ވަރަށް ޝައުގުވެރިވާ ކަމަށެވެ. ޚާއްސަކޮށް އަމީތާބާއި ރާޖޭޝް ކަންނާ ކުޅެފައިވާ "އާނަންދު" އޭނާއަށް ވަރަށް ރީތިކަމަށް ސިދާރްތު ބުންޏެވެ.

މިސްޓްރީ ތުރިލާ ފިލްމެއް ބޮލީވުޑުން ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވުމަށްފަހު އެފަދަ ފިލްމެއް އުފައްދަން ފެށުމަކީ އަލުން އެ ޒާތުގެ ފިލްމުތައް އުފެދުމުގެ މަސައްކަތް ގިނަ ބަޔަކު ފަށަން ޝައުގުވެރިވާނެ ކަމެއް ކަމަށް ސިދާރްތު ދެކެ އެވެ. މީގެ ކުރިން މިފަދަ ފިލްމެއް ކުޅެފައި ނުވާތީ ވެސް މި ފިލްމަށް ސިދާރްތުގެ ޝައުގުވެރިކަން އިތުރުވެފައި ވެއެވެ.

"އިއްތިފާގު"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު މުމްބައި ގައެވެ. މި ފިލްމުން ފުރަތަމަ ފަހަރަށް ސިދާރްތު އާއި ސޮނަކްޝީގެ ޖޯޑު ސްކްރީނުން ފެންނާނެ އެވެ.