ބާކީވާ ވޯޓް ކަރުދާސް ވަގުތުން ނައްތާނުލައި އަޅާނީ ލޯވަޅެއް
ބާކީވާ ވޯޓް ކަރުދާސް ވަގުތުން ނައްތާނުލައި އަޅާނީ ލޯވަޅެއް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ވޯޓުލުމަށް ފަހު ބާކީ ހުންނަ ވޯޓް ކަރުދާހާ މެދު އަމަލުކުރާނެ ގޮތަކާ މެދު ހިޔާލު ތަފާތުވުމުން އެކަމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު ނިންމީ ބާކީ ކަރުދާސްތައް ޕަންޗުކޮށް ލޯވަޅެއް އަޅަން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ގާނޫނުގައި ބުނާ ގޮތުން، ބާކީވާ ވޯޓު ކަރުދާސް ވަގުތުން ނައްތައެއް ނުލެވޭނެ އެވެ. އިދިކޮޅު ޕީޕީއެމަށް 2018 ގައި ނާކާމިޔާބުވި އިންތިހާބުގައި ބާކީ ވޯޓު ކަރުދާސްތައް ބޭނުންކޮށްގެން އޮޅުވާލާފައިވާ ކަމަށް ބުނެ އެ ޕާޓީން ތަކުރާރުކޮށް އައީ ވަގުތުން އެ ކަރުދާސްތައް ނައްތާލަން އެދެމުންނެވެ.

ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބާ ބެހޭ ގާނޫނުގައި ވޯޓު ކަރުދާހާ މެދު އަމަލުކުރަން ޖެހޭ މާއްދާއަށް ރިއާޔަތްކޮށް އީސީން ނިންމީ ބާކީ ހުންނަ ކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދުކުރުމުގެ ކުރިން، "އިންވެލިޑް" ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ކެންޑިޑޭޓުންގެ ނަމްބަރު ޖަހާފައިހުންނަ ފަރާތުން ޕަންޗުކުރަން ކަމަށެވެ.

ހަބީބު ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުން މި މައްސަލާގައި ކޮމިޝަނަށް ލަފާ ދިން ގޮތަށް، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރިން ޕަންޗުކުރަން ނިންމީ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަރުދާސްތަކަކީ އިންވެލިޑް ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް، ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން، ބާކީ ހުންނަ ވޯޓު ކަރުދާސްތައް ޕަންޗުކުރަން ނިންމާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވި އެ ބަދަލު ގެންނަން ނިންމީ އިންތިހާބީ ނިޒާމްގެ އިތުބާރު ބޮޑުކުރުމުގެ ބޭނުމުގައި ކަމަށެވެ.

އިދިކޮޅު ޕީޕީއެމުން އީސީގައި ތަކުރާރުކޮށް އެދިފައި އޮތީ ބާކީ ހުންނަ ކަރުދާސްތައް ވަގުތުން ނައްތާލައި ދެ ވަނަ ފަހަރަށް ބޭނުން ކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތެއް ހެދުމަށެވެ. އެއީ އިންތިހާބުތަކާ ގުޅޭ ގޮތުން އަބަދުވެސް ކުރާ ތުހުމަތުތަކާ ގުޅިގެން ކޯޓާ ހިސާބުން ނޫން ގޮތަކަށް ނުނިމޭތީ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު ނުވައެއްގަ އެވެ.