"ޔަމަހާ ފްރައިޑޭ" މިރޭ ވެސް ކުރިއަށް ދާނެ
"ޔަމަހާ ފްރައިޑޭ" މިރޭ ވެސް ކުރިއަށް ދާނެ

މިއަދު ހަވީރު ފެށި "ޔަމަހާ ފްރައިޑޭ" މިރޭ 10 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެލިއާއިން ބުނެފި އެވެ.

"ޔަމަހާ ފްރައިޑޭ" މިރޭ ވެސް ކުރިއަށް ދާނެ
"ޔަމަހާ ފްރައިޑޭ" މިރޭ ވެސް ކުރިއަށް ދާނެ

ހުޅުމާލެ ރުއްގަނޑު 1 ގައި ކުރިއަށްދާ އެ އިވެންޓުގައި ޔަމަހާ ބްރޭންޑްގެ އެކި މޮޑެލްތަކުގެ ސައިކަލުތައް ވަނީ ޑިސްޕްލޭކޮށްފަ އެވެ.

"ޔަމަހާ ފްރައިޑޭ" މިރޭ ވެސް ކުރިއަށް ދާނެ
"ޔަމަހާ ފްރައިޑޭ" މިރޭ ވެސް ކުރިއަށް ދާނެ

އެލިއާއިން ބުނި ގޮތުގައި އެ އިވެންޓުގައި ސައިކަލު ގަތުމަށް އެއްފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓަކާއި އިންސްޓޯލްމެންޓަށް ސައިކަލް ގަންނަ މީހުން ދައްކަން ޖެހޭ ޑައުންޕޭމަންޓަށް ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

އެ އިވެންޓުގައި ޔަމަހާ ސައިކަލްތައް ހިލޭ ސާވިސް ކޮށްދިނުމުގެ ހިދުމަތް ވެސް ދޭނެ އެވެ. އަދި ޔަމަހާ ޖެނުއިން ޕާޓްސްތަކުގެ މައުލޫމާތު ވެސް މި އިވެންޓުތެރޭގައި ދޭނެ އެވެ.

އެލިއާއިން ބާއްވާ މި އިވެންޓުގައި ކުޑަކުދިންނަށް ހާއްސަ ސެކްޝަނެއް ވެސް ވަނީ ހަދާފަ އެވެ. އެ ތަނުން ގިވްއަވޭއެއް ވެސް ވަނީ ދީފަ އެވެ.

މިއީ އެލިއާއިން ދޭތެރެ ދޭތެރެއިން ބާއްވަމުންދާ ހަރަކާތެކެވެ. އެލިއާއިން ބުނީ މި އަހަރު ކުރިއަށް "ޔަމަހާ ފްރައިޑޭ"ގެ އިތުރު ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.