ވިންސްލެޓާއި އިދްރީސްގެ ޖޯޑު ބަލާލަން ބޭނުންތަ؟
ވިންސްލެޓާއި އިދްރީސްގެ ޖޯޑު ބަލާލަން ބޭނުންތަ؟

މޮޅު އަދި މަޝްހޫރު ތަރިންތަކެއް އެއް ފިލްމަކުން ބަލާލަން ލިބުމަކީ ބެލުންތެރިން އަބަދު ވެސް ބޭނުންވާ ކަމެކެވެ.

ވިންސްލެޓާއި އިދްރީސްގެ ޖޯޑު ބަލާލަން ބޭނުންތަ؟
ވިންސްލެޓާއި އިދްރީސްގެ ޖޯޑު ބަލާލަން ބޭނުންތަ؟

މި ފަހަރު މިއޮތީ އެކަހަލަ ފިލްމެއްގެ ވާހަކަ އެވެ. އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ނަމަކީ "މައުންޓެއިން ބިޓްވީން އަސް" އެވެ. މި ފިލްމުގެ ލީޑް އެކްޓަރަކަށް އިދްރީސް އެލްބާ މިހާރު އޮތީ ކަށަވަރުވެފަ އެވެ.

ހޮލީވުޑްގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާއަކަށް "ޓައިޓޭނިކް" އިން ވިދާލި އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓުން ފެނުން ވަރަށް ގާތެވެ. އޭނާ އާ މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ކޭޓް އެންމެ ފަހުން ފެނުނީ ކްރައިމް ތުރިލާ "ޓްރިޕްލް 9" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޑިސެމްބަރު 16 ގައި ރިލީޒް ކުރާ "ކޮލޭޓްރަލް ބިއުޓީ" އިން ވިލް ސްމިތާ އެކުގަ އެވެ.

ވިންސްލެޓާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އިދްރީސް އާއި ވިންސްލެޓްގެ ޖޯޑު "މައުންޓެއިން ބިޓްވީން އަސް" އިން މި ފަހަރު ފެނިގެން ދާނެ އެވެ.

"މައުންޓެއިން ބިޓްވީން އަސް" އަކީ "ވެއާ ރިވާ އެންޑްސްޢ ފަދަ ވާހަކަތައް ލިޔެފައިބާ ޗާލްސް މާޓިން ހަމަ އެ ނަމުގައި 2010 ގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އެ ވާހަކައިގައި ކިޔައި ދެނީ ކައިވެނި ކުރަން ނިންމާފައިވާ ދެ ލޯބިވެރިއަކު ޗާޓަރު ފްލައިޓެއްގައި ކުރާ ދަތުރެއްގައި ފްލައިޓް ވެއްޓި ހިނގާ ހާދިސާއެއްގައި މަރުން ސަލާމަތް ވާން ކުރާ ހަނގުރާމައެކެވެ.

ޗާނިން އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ "މައުންޓެއިން ބިޓްވީންސް އަސް" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ 2005 ގައި ރިލީޒްވި "ޕެރަޑައިސް ނައު" ގެ ފަލަސްތީނުގެ ޑައިރެކްޓަރު ހަނީ އަބޫ-އައްސަދެވެ.

ފިލްމުގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް ރާއްޖޭގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވާ "ސްޓާވޯސް: ދަ ރޯގް ވަން" ގެ ސްކްރީންރައިޓަރު ކްރިސް ވެއިޒް މިހާރު ނިންމާފައިވާ އިރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބްރިޓިސް ކޮލަމްބިއާގައި ފިލްމުގެ މަންޒަރުތައް ނަގަން ވަނީ ތާވަލްކޮށްފަ އެވެ.