ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް
ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް

ވޮޝިންޓަން (ޖެނުއަރީ 30) - ހަތް ގައުމެއްގެ މުސްލިމުންނާއި ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާކުރުމާ ގުޅިގެން އެމެރިކާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތައް ދެ ވަނަ ދުވަހަކަށް ކުރިއަށް ގެންގޮސްފި އެވެ.

ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް
ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް

ވައިޓް ހައުސްގެ ބޭރަށް ގިނަ ބަޔަކު ޖަމާވެ އިއްޔެ ވަނީ ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ. އަދި ބޮސްޓަންގެ ކޮޕްލޭ މައިދާނާއި މެންހަޓަންގެ ބެޓަރީ ޕާކާއި އެޓްލާންޓާ، ލޮސް އެންޖަލްސް، ވޮޝިންޓަން، ޑަލަސްގެ އެއާޕޯޓްތަކަށް ވެސް ގިނަ ބަޔަކު ޖަމާވެ ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ.

ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް
ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް

ބައެއް އެއާޕޯޓްތަކުން ހިފެހެއްޓި މީހުން، ކޯޓުން އަމުރު ނެރުމާ އެކު، ދޫކޮށްލުމުން އެއާޕޯޓްތަކަށް ޖަމާވެ ތިބި މީހުން ވަނީ މަރުހަބާގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް
ރެފިއުޖީން މަނާކުރުމާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް

ހަތް ގައުމެއްގެ މުސްލިމުންނާއި ރެފިއުޖީން އެމެރިކާ އަށް ވަނުމުގެ އަމުރު ޓްރަމްޕް ނެރުއްވީ ހުކުރު ދުވަހު އެވެ. އެމެރިކާ އަށް ވަނުން މަނާކޮށްފައި ވަނީ އީރާން، ސީރިއާ، އިރާގު، ސޫދާން، ލީބިއާ، ޔަމަން އަދި ސޮމާލިއާ މީހުންނެވެ. އަމުރު ނެރުނު ފަހުން ދަތުރަމުން ދިޔަ މީހުންނާއި ސައްހަ ވިސާގައި އެތެރެވެފައިވާ މީހުން ހިފަހައްޓާފައިވާތީ އެ މީހުން ދޫކޮށްލުމަށް ނިއު ޔޯކުގެ ފެޑެރަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

ނިއު ޔޯކުގެ ޖޭއެފްކޭ އެއާޕޯޓުން އިރާގުގެ ދެ މީހުން ހައްޔަރުކުރުމާ އެކު އެ މީހުން ދޫކޮށްލުމަށް އެދި ގޮވާލުމަށް ގިނަ ބަޔަކު ހޮނިހިރު ދުވަހު ވަނީ އެއާޕޯޓަށް ޖަމާވެފަ އެވެ. ކޯޓު އަމުރާ އެކު އިރާގުގެ ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ ނިއު ޔޯކުގެ ރައްޔިތުންގެ އަޑު އަހަން ޖެހޭނެ ކަމަށެވެ. އަދި މުޒާހަރާ ކުރާ މީހުންނަށް ދަތުރު ފަތުރާއި ސިކިއުރިޓީ ދިނުމަށް ފުލުހުންނާއި މެޓްރޯޕޮލިޓަން ޓްރާންސްޕޮޓޭޝަން އޮތޯރިޓީ އަށް ވަނީ އަންގަވައިފަ އެވެ. ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވީ ޓްރަމްޕުގެ ނިންމެވުމަކީ ލަދުވެތި ނިންމެވުމެއް ކަމަށާއި އެއީ އެމެރިކާއާ ގުޅޭ ވެސް ކަމެއް ނޫން ކަމަށެވެ. ނިއު ޔޯކުގެ ބެޓްރީ ޕާކަށް ޖަމާވެފައިވާ މީހުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް ބްލާސިއޯ ފަހުން ވަނީ ޓްވީޓް ވެސް ކުރައްވައިފަ އެވެ.