ސްޕެޝަލް އޮލިމްޕިކްސްގެ ދިވެހި ޓީމަށް ދިރާގުގެ ހަދިޔާ
ސްޕެޝަލް އޮލިމްޕިކްސްގެ ދިވެހި ޓީމަށް ދިރާގުގެ ހަދިޔާ

ސްޕެޝަލް އޮލިމްޕިކް ވާލްޑް ގޭމްސް ބާލިން 2023ގައި ބައިވެރިވި ދިވެހި އެތުލީޓުންގެ އަގު ވަޒަންކޮށް އެ އެތުލީޓުންގެ ކާމިޔާބީ ފާހަގަކޮށްފި އެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ ދިވެހި ޓީމަށް ދިރާގުގެ ހަދިޔާ
ސްޕެޝަލް އޮލިމްޕިކްސްގެ ދިވެހި ޓީމަށް ދިރާގުގެ ހަދިޔާ

މި އަހަރުގެ ވާލްޑް ގޭމްސްގައި ރާއްޖޭގެ ހަ އެތުލީޓުން ވަނީ އެތުލެޓިކްސް އާއި ބެޑްމިންޓަންގައި ބައިވެރިވެ، ދެ ރަން މެޑަލާއި އެއް ބްރޯންޒް މެޑަލް ރާއްޖެ އަށް ވަނީ ހޯދައިދީފަ އެވެ. މި ކާމިޔާބީ ފާހަގަކޮށް ރަން އަދި ބްރޮންޒް މެޑަލް ހާސިލްކުރި ތިން އެތުލީޓުންނަށް އެ ކުންފުނިން ވަނީ އެއް އަހަރު ދުވަހަށް ހިލޭ ދިރާގު ފައިބާ ކަނެކްޝަންއެއް ދީފަ އެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް ސްޕޯޓްސް ގިފްޓް ވައުޗަރެއް ވެސް ވަނީ ދީފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ވާދަކުރި ދިވެހި އެތުލީޓުންނާ ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވަނީ އެތުލީޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އަދި ރާއްޖެ އަށް ރީތި ނަން ހޯދާދީ ގައުމަށް ކާމިޔާބީ ގެނެސްދިނުމަށް އެތުލީޓުން ކުރި މަސައްކަތަށް ފަހުރުވެރިވާ ކަމަށާއި ކުރިއަށް އޮތްތާނުގައި ވެސް ގިނަ ވަނަތަކެއް ހޯދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ސްޕެޝަލް އޮލިމްޕިކްސްގައި ބެޑްމިންޓަން (ޑިވިޝަން 1)އިން އައިޝަތު މާނިޔާ އާދަމް އަދި 100 މީޓަރު ސްޕްރިންޓް (ލެވެލް ބީ – ޑިވިޝަން F07) އިން އައިޝަތު ލައިކާ ހުސައިން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަދި 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް (ލެވެލް ސީ - ޑިވިޝަން F03) އިން ޒާނާ އަލީ ޝަރީފް ވަނީ ބްރޮންޒް މެޑަލް ހޯދައިފަ އެވެ.