05 ޖުލައި 2023 - 17:15

ރ. އަނގޮޅިތީމުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ ބެޓެރި ގޮވައި، ހަ މީހަކު ޒަހަމްވެއްޖެ އެވެ.
ކޯސްޓުގާޑުން ބުނީ "ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ އެ ލޯންޗުގައި އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު މިއަދު ހަވީރު 4:00 ހާއިރު ލިބިގެން ކޯސްޓުގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެ ހާދިސާގައި ޒަހަމްވި މީހުން، އެރިޔަދޫ ރިސޯޓަށް ގެންގޮސް، އެ ރަށުގެ ކްލިނިކުން ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އެ ލޯންޗު މިހާރު އޮތީ އެރިޔަދޫ ރިސޯޓުގައި މަޑުކޮށްގެން ކަމަށެވެ.