ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާނުކޮށް، ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުން ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިންޓޭކުގެ ކިޔެވުން ފެށޭނީ އޮގަސްޓު މަހުގެ ފަހު ހަފްތާގަ އެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކުގެ މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ ވައިސް ރެކްޓާ އަލީ ނަޖީބް ވިދާޅުވީ އެ އިންޓޭކުގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑްގެ ކޯސްތަކާއި ދުނިޔޭގެ އެންމެ ރަނގަޅު އެއް ޕަސެންޓް ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކަށް އެޕްލައިކުރެވޭނެ ކަމަށެވެ. އަދި އެ އިންޓޭކުގައި އިނގިރޭސިވިލާތުގެ ޕޯޓްސްމޯތް ޔުނިވާސީޓީއިން ވެލިޑޭޓް ކޮށްފައިވާ އިންޖިނިއަރިން ޕްރޮގްރާމުތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން ޔުނިވާސިޓީތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކާއި އެ ކޮލެޖުން ހިންގާ ޕްރޮގްރާމުތަކަކީ ރާއްޖޭގައި ހުރި ފުރުސަތުތަކާއި، ދިވެހިންގެ މެދުގައި ޝައުގުހުރި ދާއިރާތަކަށް ބަލާ ހިންގަމުންދާ ކޯސްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ބޮޑު އިންވެސްޓްމަންޓުތަކެއް ކޮށް އިންޖިނިއަރިން ފަދަ ކޯސްތައް ހިންގަނީ ރާއްޖޭގައި އެ ކަމަށް ފުރުސަތުތައް އޮތީމަ. އަދި އެ ދާއިރާތަކުން ތައުލީމީ ގާބީލު ބަޔަކު ބޭނުން ވާތީ. މި ކޯސްތައް ހިންގާއިރު، ކޮލިޓީ ޔަގީންކުރުމަށް ކޮންމެ ކޯހެއްގައި ވެސް ކިޔަވައިދޭނީ އެ ދާއިރާއަކަށް އެންމެ ގާބިލު ލެކްޗަރާއިން." އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ވިދާޅުވީ އެ ކޮލެޖުން ކޯސްތައް ނިންމާ ދަރިވަރުންނަކީ ކިޔެވި ދާއިރާއަކުން މަސައްކަތުގެ މާހައުލަށް އަހުލުވެރި، ގާބިލު ދަރިވަރުންތަކެއް ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން އަދި ޝަރީއާ އާއި ލޯ އެވެ. އަދި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން އަދި ހިއުމަން ރިސޯސް ދާއިރާގެ ކޯސްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އޭގެ އިތުރުން އިންޖިނިއަރިން ކޯސްތަކާއި ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން އާއި ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި މާސް ކޮމިއުނިކޭޝަން އާއި ކަލިނަރީ އާޓްސްގެ ކޯސްތައް ހިމެނެ އެވެ.

ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގައި ސެޓްފިކެޓް ލެވެލް ކޯސްތަކާއި، ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ލެވެލްގެ ކޯސްތައް ހިމެނެ އެވެ.