އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން މާދަމާ ފަށަނީ
އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން މާދަމާ ފަށަނީ

ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށް އެލިއާއިން ހިންގަމުން ދިޔަ "ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމަށް" ކޮވިޑުގެ ސަބަބުން އައި މެދުކެނޑުމަށް ފަހު އެ ޕްރޮގްރާމު އަނެއްކާވެސް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން މާދަމާ ފަށަނީ
އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން މާދަމާ ފަށަނީ

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެ ޕްރޮގުްރާމުގައި އެކި ރިސޯޓުތަކާއި، ކަނޑު އުޅަނދުތަކުން ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތައް ހިމެނޭ ގޮތަށް 50 ބައިވެރިއަކު ޕްރޮގްރާމަށް ރަޖިސްޓާ ކޮށްފައިވާ ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން މާދަމާ ފަށަނީ
އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން މާދަމާ ފަށަނީ

މި ޓްރެއިނިން ޕްރޮގްރާމުގައި ސްޕީޑް ބޯޓަށް ހާއްސަ މެނިއުވާ ކުރުމުގެ އުކުޅުތަކާއި ނެވިގޭޝަން، ޗާޓް ރީޑިން، ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔަވައިދޭނެ އެވެ. އަދި ފަޔަ ސޭފްޓީ އާއި ފަސްޓް އެއިޑާއި ގުޅޭ ޓްރެއިނިން ވެސް ދޭނެ އެވެ.

މި ޕްރޮގްރާމުގައި އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއް ވެސް ބައިވެރިންނަށް ނަގާ ދޭނެ އެވެ. އެލިއާއިން ބުނި ގޮތުގައި މި ޕްރޮގުރާމުގައި ހިންގާ ސެޝަންތަކަކީ ކަނޑުމަތީގެ ޕްރޮފެޝަނަލިޒަމްއަށް އަމާޒުކޮށް ބައިވެރިންގެ ހުނަރު ތަރައްގީކޮށް، ކަނޑުމަތީގައި ދިމާވެދާނެ ހާލަތްތަކަށް އަހުލުވެރިކޮށް، އެ ފަދަ ހާލަތްތަކަށް ތައްޔާރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ބޯޓް އޮޕަރޭޓާސް ޓްރެއިނިން އަކީ އެލިއާއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ ސިނާއަތުގެ މިންގަނޑުތަކަށް ފެތޭ އަމަލީ ބައިތަކަކާ އެކު ކުރިއަށް ދާނެ ޕްރޮގުރާމެއް ކަމަށް އެލިއާއިން ބުނެ އެވެ.

މި ޕްރޮގުރާމު ކުރިއަށް ދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.