03 ޖުލައި 2023 - 13:33

އާއިލާތަކަށް އަމާޒުކޮށް ސިޓީ އޮޕްޓިކަލްއިން "ފެމެލީ ޕެކޭޖް" ތައާރަފްކޮށްފި އެވެ.
ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި މި ޕެކޭޖަކީ ޖަރުމަނުގެ ކާލް ޒައިސް ކުންފުނީގެ ސިންކްރޮނީ ލެންސާ އެކު ކޮލިޓީ ރަނގަޅު އެކި ބްރޭންޑުތަކުގެ ފްރޭމްތަކުގައި އައިނު ހެއްދޭނެ ޕެކޭޖެކެވެ. މިޕެކޭޖުގެ ދަށުން ސިންގަލް ވިޝަން އެއް އައިނު ހައްދާ ނަމަ 1،499ރ. އަށް އައިނު ހެއްދޭނެ އެވެ. އާސަންދަ އިންޝުއަރެންސާ އެކު މި ޕެކޭޖުގެ ދަށުން އައިނު 499ރ. އަށް އައިނު ހެއްދޭނެ އެވެ.
މި ޕެކޭޖުގައި އެއް އައިނަށް ވުރެ ގިނަ އައިނު ހައްދާ ނަމަ، އިތުރަށް ހައްދާ ކޮންމެ އައިނަކުން 100ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
"ފެމެލީ ޕެކޭޖު"ގެ ދަށުން އައިނު ހައްދާ ކަސްޓަމަރުންނަށް ފްރޭމެއް ހިޔާރުކުރުމަށް 40 އަށް ވުރެ ގިނަ ސްޓައިލްގެ ފްރޭމް ލިބޭނެ އެވެ.
މި ޕެކޭޖުގެ ދަށުން އައިނު ހައްދަން ބޭނުންކުރާ ކާލް ޒައިސް ކުންފުންޏަކީ ޕްރިމިއަމް އަދި ސުޕަޕްރިމިއަމް ލެންސް ހެދުމުގައި ދުނިޔޭގެ އެއްވަނަ ކުންފުނި ކަމަށް ސިޓީ އޮޕްޓިކަލްއިން ބުންޏެވެ. އަދި މިއީ އެހެން ބްރޭންޑުތަކުގެ ލެންސުތަކާ އަޅާނުކިޔޭ ފަދަ މޮޅު ކޮލެޓީއެއްގެ ލެންސެއް ކަމަށް ވެސް ބުންޏެވެ.
ސިޓީ އޮޕްޓިކަލްއިން ބުނީ އައިނުގެ ލެންސަށް 100 ޕަސެންޓް ޔޫވީ ޕްރޮޓެކްޝަން އާއި ހަ މަހުގެ ކޯޓިން ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި މިއީ ކޮލެޓީ ރަނގަޅު، މޮޅު އައިނެއް ހެޔޮ އަގުގައި ހެއްދުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެ ތަނުން ފާހަގަކުރެ އެވެ.
ސިޓީ އޮޕްޓިކަލްއިން އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ހޮސްޕިޓަލެއްގެ ބޭސް ސިޓީއެއް ބޭނުންވާނެ އެވެ.
ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކު ކުރިމަތީ އެވެ.