ދަބަސް ލުއިކުރަން މޮނީޓަރު ފޮތުގެ ބަދަލުގައި މި އަހަރު ދެނީ ބޭރުގަނޑު ތުނި ފޮތް
ދަބަސް ލުއިކުރަން މޮނީޓަރު ފޮތުގެ ބަދަލުގައި މި އަހަރު ދެނީ ބޭރުގަނޑު ތުނި ފޮތް

މިހާރު ދަރިވަރުން ބޭނުންކުރަމުން އަންނަ މޮނީޓަރު ފޮތުގެ ބަދަލުގައި ދެެން ދޫކުރާނީ ބޭރުގަނޑު ތުނި ފޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދަބަސް ލުއިކުރަން މޮނީޓަރު ފޮތުގެ ބަދަލުގައި މި އަހަރު ދެނީ ބޭރުގަނޑު ތުނި ފޮތް
ދަބަސް ލުއިކުރަން މޮނީޓަރު ފޮތުގެ ބަދަލުގައި މި އަހަރު ދެނީ ބޭރުގަނޑު ތުނި ފޮތް

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހުސާން ވިދާޅުވީ މިގޮތަށް ނިންމީ ދަރިވަރުންގެ ފޮތް ދަބަސް ލުއިކުރުމުގެ ގޮތުން ކަމަށެވެ.

ދަރިވަރުންނަށް ދޫކުރި ފޮތް ލިސްޓުގައި ވެސް މި އަހަރު ހިމަނާފައި ވަނީ މޮނީޓަރު ފޮތުގެ ބަދަލުގައި ތުނި ކަވަރުލީ ފޮތެވެ. އެހެންވެ ބުކްޝޮޕްތަކުން މި އަހަރު ގެނެސްފައި ހުރީ ވެސް ބޭރުގަނޑު ތުނި، ލުއި ފޮތެވެ. އޭގައި ސެލޯފިން ކަވަރެއް ވެސް ލައްވާފައި ހުރެ އެވެ.

ފޮތް ދަބަސް ބަރުވުމުގެ ޝަކުވާ އަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ބެލެނިވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ޓެބްލެޓް ބޭނުންކުރަން ފެށުމުން ދަބަސް ލުއިވާނެ ކަމަށް ބުނި ނަމަވެސް ގިނަ މާއްދާތައް ކިޔަވައިދެނީ އަދިވެސް ފޮތުންނެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކުދިންގެ ބަރުދަނަށް ބަރު ދަބަސް ބުރަކަަށީގައި އަޅުވާ ނަމަ، އެ ކުދިންގެ ހެދި ބޮޑުވުމާއި ބުރަކައްޓާއި ކަނދުރާ އަދި މޭމަތީގެ ކާވް އާ ގުޅިފައިވާ ހިސާބަށް މައްސަލަތައް ދިމާވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. ބަރު އެއްޗެއް އުފުލަން ވާނީ އެ މީހެއްގެ ނުވަތަ ކުއްޖެއްގެ ބަރުދަނުގެ 10 ޕަސެންޓަށް ވާވަރުގެ އެއްޗެކެވެ.