03 ޖުލައި 2023 - 11:02

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ ބޮޑު ބަޔަކަށް މިއަދު ރީނދޫ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ރަށްތަކަށް މެންދުރު ފަހު 3:00 އާ ހަމައަށް އެލާޓް ނެރެފަ އެވެ.
ރީނދޫ އެލާޓަކީ ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ހާލަތުގައި ނެރޭ އެލާޓެވެ.
ނަމަވެސް، ކުރިއަށް އޮތް 72 ގަޑިއިރަށް މޫސުން ލަފާކުރާގޮތުން، އުތުރުގެ ރަށްތައް ފިޔަވައި އެހެން ހިސާބުތަކަށް މިއަދަށް ވުރެ މޫސުން ރަނގަޅުވާނެ އެވެ.