03 ޖުލައި 2023 - 06:05

ސައުތު ކޮރެއާގެ މަޝްހޫރު މިއުޒިކް ބޭންޑް، ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޖަންކޫކްގެ އަމިއްލަ ލަވައެއް މި މަހު 14 ގައި ނެރެން ނިންމާފައިވާ ކަން އިއްޔެ އިއުލާންކޮށްފި އެވެ.
ބީޓީއެސްގެ އެޖެންސީ ބިގްހިޓް މިއުޒިކް އިން އެކަން އިއުލާންކޮށް ކުރި ޓުވީޓެއްގައި ވަނީ އެ ލަވައިގެ ޕޯސްޓަރު ވެސް އާންމުކޮށްފަ އެވެ. އެ ލަވައަށް ކިޔަނީ "ސެވަން" އެވެ. މި ލަވައިގެ ދެ ވާޝަނެއް ނެރޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މި ލަވައިގެ ވީޑިއޯގައި ސައުތު ކޮރެއާގެ މަޝްހޫރު އެކްޓްރެސް ހަން ސޮހީ ވެސް ފެންނާނެ އެވެ.
ބިގްހިޓް މިއުޒިކް ބުނެފައިވާ ގޮތުގައި، މި ލަވައިގެ ފަހުން ވެސް ޖަންކޫކްގެ އިތުރު ސޯލޯ ލަވަތައް ނެރޭނެ އެވެ. ޖަންކޫކް އަންނަނީ އޭނާގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
ބީޓީއެސްގެ އެހެން ބައެއް ލަވަކިޔުންތެރިން ވެސް މިހާރު އަންނަނީ ސޯލޯ ލަވަތައް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.